ފެނަކައިން ހިންގި ފެނާއި ނަރުދަމާގެ 16 މަޝްރޫއެއް އެމްޑަބްލިއުއެސްސީ އަށް

Sat, 04 May 2024 01:54 PM

View on this article on Hurihaa.mv

ފެނަކައިން ހިންގި ފެނާއި ނަރުދަމާގެ 16 މަޝްރޫއެއް އެމްޑަބްލިއުއެސްސީ އަށް

ފެނަކަ ކޯޕަރޭޝަނުން ހިންގަމުން އައި ފެނާއި ނަރުދަމާގެ ހުރިހާ މަޝްރޫއެއް އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްފި އެވެ.



ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްްރަކްޗާ މިނިސްޓްރީގެ ރަސްމީ ފޭސްބުކް އެކައުންޓުގައި އިއްޔެ ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ ފެނަކައިން ރަށްރަށުގައި ހިންގަމުންދާ ފެނާއި ނަރުދަމާގެ މަސައްކަތްތައް އެމްޑަބްލިއުއެސްސީއާ ހަވާލުކުރުމަށް ފެނަކައާ އެކު މަޝްވަރާ ބައްދަލުވުމެއް ބާއްވާފައިވާ ކަމަށެވެ.

އެ ބައްދަލުވުމަކީ އެ މަޝްރޫއުތައް އެމްޑަބްލިއުއެސްސީން ކުރިއަށް ގެންދިޔުމާ ގުޅޭ ގޮތުން ބޭއްވި ޓެކްނިކަލް ލެވަލްގެ މަޝްވަރާ ބައްދަލުވުމެއް ކަމަށް އެ ޕޯސްޓުގައިވެ އެވެ.

ފެނަކަ އިން ކުރިއަށް ގެންދިޔަ 16 ރަށެއްގެ ފެނާއި ނަރުދަމާގެ މަޝްރޫއު މިހާރު އެމްޑަބްލިއުއެސްސީ އާ ހަވާލުކޮށްފައިވާ އިރު، އޭގެ ތެރޭގައި ފަށާފައި ހުރި މަޝްރޫއުތަކާއި މެދުކެނޑިފައި ހުރި މަޝްރޫއުތައް ހިމެނެ އެވެ.

އެ މަޝްރޫއުތައް ފެނަކަ އާ ހަވާލު ކުރީ 2020/2021 ގަ އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ފެނަކައިގެ ދަރަނި އިތުރުވެ، ކުންފުނީގެ މުވައްޒަފުންގެ އަދަދު ބޮޑުތަނުން މަތިވުމުގެ ސަބަބުން ކުންފުނި އޮތީ ބަނގުރޫޓުވެގެންދާ ހިސާބުގަ އެވެ. އެ ކުންފުނިން ސަޕްލަޔަރުންނަށް ދޭންވެފައި ހުރި ފައިސާގެ އަދަދު ވެސް އެތައް ބިލިއަން ރުފިޔާ އަށް އަރަ އެވެ.




More from Hurihaa.mv