ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ޕާޓީގެ މަގާމު ދަ ޑިމޮކްރެޓްސްއަށް

Tue, 19 Sep 2023 12:09 PM

View on this article on Hurihaa.mv

ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ޕާޓީގެ މަގާމު ދަ ޑިމޮކްރެޓްސްއަށް

ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ޕާޓީގެ މަގާމު ދަ ޑިމޮކްރެޓްސްއަށް ލިބިއްޖެ އެވެ.

މިއީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައި އުފެެއްދެވި ޕާޓީއެކެވެ. އެމްޑީޕީ ދެފަޅިވެ، އުފެދުނު ސިޔާސީ ޕާޓީން ވަނީ މިފަހަރު ރިޔާސީ އިންތިހާބުގައި ވެސް ވާދަކޮށްފަ އެވެ. ނަމަވެސް އެ އިންތިހާބުގައި ފުރަތަމަ ބުރުގައި ދަ ޑިމޮކްރެޓްސްއަށް ލިބިފައި ވަނީ އެންމެ ހަތް ޕަސެންޓް ވޯޓެވެ.

މަޖިލީހުގެ މައިނޯރިޓީ ޕާޓީގެ މަގާމު ދަ ޑިމޮކްރެޓްސް އަށް ލިބިފައިވާއިރު މަޖިލީހުގައި ދަ ޑިމޮކްރެޓްސްއަށް ނިސްބަތްވާ 13 މެންބަރުން ތިއްބަވަ އެވެ.

މީގެ ކުރިން މަޖިލީހުގައި ދަ ޑިމޮކްރެޓްސް އަށް ނިސްބަތްވާ ތިން މެންބަރުން ތިއްބަވާއިރު އިތުރު 10 މެންބަރުން ދަ ޑިމޮކްރެޓްސް އަށް ގުޅިވަޑައިގެންނެވިކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހާމަކުރެއްވީ މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގަ އެވެ.

މަޖިލީހުގައި މިހާރު މެންބަރުން ނިސްބަތްވާ ޕާޓީތައް

  • ވެރިކަން ކުރާ އެމްޑީޕީ - 56 މެންބަރުން
  • ދަ ޑިމޮކްރެޓްސް - 13 މެންބަރުން
  • ޕީޕީއެމް - 5 މެންބަރުން
  • ޕީއެންސީ - 3 މެންބަރުން
  • އެމްއެންޕީ - 3 މެންބަރުން
  • އެމްޑީއޭ - 2 މެންބަރުން
  • ޖުމްހޫރީ ޕާޓީ - 2 މެންބަރުން
  • މިނިވަން - 3 މެންބަރުން

މަޖިލީހުގައި ޕާޓީތައް ތަމްސީލްކުރާ މެމްބަރުންގެ އަދަދަށް މިއައި ބަދަލާއެކު މަޖިލީހުގެ މައިނޯރިޓީ ލީޑަރަކީ ދަ ޑިމޮކްރެޓްސްގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރަޢީސް މުހައްމަދު ނަޝީދު މިއަދު އިއުލާނު ކުރެއްވި އެވެ.

މީގެ އިތުރުން މި ބަދަލާއެކު ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކާއި ވަކި ޕާޓީތަކަށް ނިސްބަތްނުވާ މެންބަރުންގެ ބަހުސްގެ ވަގުތަށް ބަދަލު ގެނެވިފައިވާ ކަމަށާއި މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގެ މެންބަރުން ހިމެނޭ ގޮތަށް އަންނާނެ ބަދަލު ފާސްކުރަން ހުށަހަޅުއްވާނެ ކަމަށް ވެސް މަޖިލީހުގެ ރައީސް ނަޝީދު ވިދާޅުވި އެވެ.More from Hurihaa.mv