11 މިލިއަން ޑޮލަރަށް ކޭޓީ ޕެރީ ގެއެއް ގަނެފި

Mon, 05 Jun 2023 05:34 AM

View on this article on Hurihaa.mv

11 މިލިއަން ޑޮލަރަށް ކޭޓީ ޕެރީ ގެއެއް ގަނެފި

އެމެރިކަން އައިޑޮލްގެ ޖަޖެއްގެ ގޮތުގައި ފެނިގެން ދިޔަ ކޭޓީ ޕެރީ އެމެރިކާގެ ލޮސް އެންޖެލްސްއިން 11 މިލިއަން ޑޮލަރުގެ ޕެންޓް ހައުސްއެއް ގަނެފި އެވެ.

ހަބަރުތައް ބނާ ގޮތުގައި ކޭޓީ އެ ޕެންޓް ހައުސް ގަނެފައިވަނީ އޭގެ ކުރީގެ ވެރިޔާ ބިލިއަނަރު މިން ކައޯގެ ދަރިފުޅު ޖެން ކާއޯގެ އަތުންނެވެ.

31 ފަންގިފިލާގެ އެންމެ މަތީ ފަންގިފިލާގައި ހުރި އެ ޕެންޓް ހައުސްގެ ބޮޑުމިނުގައި ގާތްގަނޑަކަށް 3000 އަކަފޫޓު ހުންނާނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ރިއަލް އެސްޓޭޓް ކުންފުންޏެއް މެދުވެރިކޮށް ކޭޓީ ގަތް އެ ޕެންޓް ހައުސް ވަނީ އޭނާގެ ފައިވާން ކަލެކްޝަން ބްރޭންޑްގެ ރަސްމީ އެޑްރެސްގެ ގޮތުގައި ވެސް ރަޖިސްޓްރީ ކުރެވިފަ އެވެ.

މީގެ ކުރިން މިދިޔަ އަހަރު ތެރޭގައި ވެސް ކޭޓީ ވަނީ ބެވާލީ ހިލްސްއިން 18 މިލިއަން ޑޮލަރަށް ގެއެއް ގަނެފަ އެވެ. އަލަށް ގަތް ޕެންޓް ހައުސްއަކީ އޭނާގެ މިލްކިއްޔާތަށް އިތުރުވި ބޮޅެކެވެ.

މިވަގުމު ލަސް ވޭޭގަސްގައި ދިރިއުޅެމުން އަންނަ ކޭޓީ "އެމެރިކަން އައިޑަލް" ގެ ޖަޖެއްގެ ގޮނޑި ހަ އަހަރަށްފަހު ދޫކޮށްލަން އުޅޭކަމަށް ބުނެ މިފަހުން މީޑިއާގައި އަޑުތައް އަރާފައިވެ އެވެ.



More from Hurihaa.mv