ހަށިގަނޑުގެ މި ތަން މަސާޖު ކޮށްލުމުގެ ފައިދާތައް ވަރަށް ގިނަ!

Sat, 27 May 2023 05:04 AM

View on this article on Hurihaa.mv

ހަށިގަނޑުގެ މި ތަން މަސާޖު ކޮށްލުމުގެ ފައިދާތައް ވަރަށް ގިނަ!

ފޫޅަކީ ކޮންމެ އިންސާނަކުވެސް ދުނިޔެ އަށް އުފަން ވުމާ ހަމައަށް، ދަރިފުޅަށް އޮކްސިޖަން އަދި ހަށިގަނޑަށް ބޭނުންވާ ނިއުޓްރިޝަން ލިބުމަށް މެދުވެރި ކުރުވާ ގުނަވަނެކެވެ. ކުއްޖާ ދުނިޔެ އަށް އުފަން ވުމާއެކު ފޫޅު ކަނޑާލާ ހިސާބުން ފޫޅުގެ ބޭނުން ކެނޑެ އެވެ.

އެހެން ނަމަވެސް ފޫޅަކީ އަހަރުމެން ހީކުރާ ވަރަށްވުރެ ސިއްހަތަށް މުހިއްމު ތަނެކެވެ. ގަވާއިދުން ތެލުން ފޫޅު މަސާޖު ކުރުމަކީ ސިއްހީ ގޮތުން ގިނަ ފައިދާތައް ލިބޭ ކަމެކެވެ.

ފޫޅު މަސާޖު ކުރުމުން ލިބޭ ފައިދާ ތަކުގެ ތެރޭގައި، ސިކުނޑި ތާޒާކޮށް ބޯ ހަމަ ޖައްސައި ދިނުމާއި ހަންގަނޑު ރީތި ކޮށްދިނުމާއި ހުޅުތަކުގައި ރިއްސުމަށް ލުއި ލިބުމުގެ އިތުރުން ދަރިމައި ވުމުގެ މައްސަލަތަކަށް ހައްލު ލިބުމާއި އިސްތަށިގަނޑު ރީތި ކޮށްދީ ނުރަވުމުން ދުރުކޮށް ދނުން ހިމެނެ އެވެ.

ހަށިގަނޑުގެ އެހެން ގުނަވަންތައް ފަދައިން ފޫޅު ސާފު ކުރުމަކީވެސް ވަރަށް މުހިންމު ކަމެކެވެ. 2012 ވަނަ އަހަރު ހޯދިފައިވާ ހޯދުން ތަކުން ބުނާގޮތުގައި ފޫޅު ތެރޭގައި 67 ވައްތަރުގެ ޖަރާސީމު އުފެދެ އެވެ. މި ދިރާސާގައި ބުނާ ގޮތުން ހަފްތާ އަކު އެއްފަހަރު ފޫޅު ސާފު ކުރަންޖެހެ އެވެ.

ފޫޅު މަސާޖު ކުރަން، ފޫޅުގެ ތެރެއަށް ތެޔޮ ފޮދެއް އެޅުމަށްފަހު ވަށް ބުރަކަށް ވާ ގޮތަށް 5-10 މިނެޓަށް މަޑު މަޑުން މަސާޖު ކުރާށެވެ. މިގޮތަށް ކޮންމެ ރެޔަކު ނިދުމުގެ ކުރިން ނޫނީ ފެން ވެރުމަށްފަހު މަސާޖު ކުރާނަމަ ނަތީޖާ ފެނިގެން ދާނެ އެވެ.More from Hurihaa.mv