ސަނީ ޑިއޯލްގެ "ގަދަރް" އަލުން ސިނަމާތަކަށް!

Sat, 27 May 2023 05:02 AM

View on this article on Hurihaa.mv

ސަނީ ޑިއޯލްގެ "ގަދަރް" އަލުން ސިނަމާތަކަށް!

ދެހާހުގެ ކުރީކޮޅު ގިނަ ބައެއްގެ މަގުބޫލުކަން ހޯދި ބޮލީވުޑް ފިލްމެއް ކަމަށްވާ ގަދަރް އަލުން ސިނަމާ ތަކުގައި އަޅުވަން ނިންމައިފި އެވެ.

ސަނީ ޑިއޯލްއާއި އަމީޝާ ޕަޓޭލް ލީޑު ރޯލުން ފެނިގެންދާ އެ ފިލްމު އަލުން ސިނަމާ ތަކުގައި އަޅުވަން ހަމަޖެހިފައިވަނީ އަންނަ ޖޫން މަހުގެ ނުވަވަނަ ދުވަހު އެވެ.

22 އަހަރު ފަހުން ގަދަރް އަލުން ސިނަމާ ތަކަށް މި އަންނަނީ އެ ފިލްމުގެ ދެވަނަ ބައި "ގަދަރް 2" އަންނަ އޮގަސްޓް މަހު ނުކުންނަން ތައްޔާރު ވެފައި ވަނިކޮށެވެ.

ގަދަރްއަކީ ހިންދޫ ފިރިހެނަކާއި މުސްލިމް އަންހެނެއްގެ ލޯބީގެ މައްޗަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ. މި ފިލްމުގެ ވާހަކައާއި ލަވަތަކުގެ ސަބަބުން ފިލްމަށް ބޮޑު ކާމިޔާބެއް ލިބުނުއިރު އެ ފިލްމު ވެފައިވަނީ ލީޑު ތަރިންގެ ކެރިއަރު ވެސް ރަނގަޅު ކުރުވި ފިލްމަކަށެވެ.

ގަދަރުއަކީ މިއަދާ ޖެހެންދެން ވެސް ގިނަ ބެލުންތެރިންގެ ހިތުގައި ޖާގަ ދެވިފައިވާ ފިލްމެއްކަން އެނގިގެން ދަނީ ސޯޝަލް މީޑިއާގައި އެ ފިލްމުގެ މީމްތައް ދައުރުވަމުން ދިއުމެވެ.



More from Hurihaa.mv