އާސަހަރާ ވަގުތީ ގޮތުން ބަންދު ކޮށްފި

Sat, 27 May 2023 01:17 AM

View on this article on Hurihaa.mv

އާސަހަރާ ވަގުތީ ގޮތުން ބަންދު ކޮށްފި

މާލޭ އަސަހަރާ ވަގުތީ ގޮތުން ބަންދުކޮށް މީހުން ވަޅުލުން ހުޅުމާލެ އަށް ބަދަލުކޮށްފި އެވެ.

އާސަހަރާ ބަންދުކުރީ އެތަނުގެ މަރާމާތު މަސައްކަތްތަކެއް ކުރުމަށެވެ.

އާސަހަރާ ބަލަހައްޓަމުން އަންނަ މާލެ ސިޓީ ކައުންސިލުން ބުނީ އާސަހަރާ އަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށެވެ. އަދި އެ މަސައްކަތްތައް ކުރުމަށް މިހާރު އާސަހަރާ ބަންދުކޮށްފައިވާ ކަމަށައި އަންނަ އާދިއްތަ ދުވަހުން ފެށިގެން އާސަހަރާ މަރާމާތުކުރުމުގެ މަޝްރޫއު ފަށާނެ ކަމަށް ސިޓީ ކައުންސިލުން ބުނެ އެވެ.

އާސަހަރާ މަރަމާތުކޮށް އެތަން ހެދުމަށް ނިންމީ ކައުންސިލުން ބޭއްވި އާންމު ޖަލްސާގަ އެވެ.

ސިޓީ ކައުންސިލުން ބުނީ އެ މަސައްކަތްތައް ކުރިއަށްދާއިރު، ކަށުކަމާކެމީގެ ކަންކަން ކުރިއަށް ގެންދިއުމަށް ދަތިވާނެތީވެ، ވަގުތީ ގޮތުން ކަށުކަމާކެމީގެ ކަންކަން ކުރުން ހުޅުމާލޭ ސަހަރާއަށް ބަދަލުކޮށްފައިވާ ކަމަށެވެ.

އެހެން ނަމަވެސް އާސަހަރާ މިސްކިތުގައި ނަމާދު ކުރެވޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް ސިޓީ ކައުންސިލުން ބުނެ އެވެ.

އާސަހަރާއަށް ގެންނަ ބަދަލުތައް ގެނެސް އަލުން ހުޅުވަން ދެ މަސް ނަގާނެ ކަމަށް ވެސް ސިޓީ ކައުންސިލުން ވަނީ ބުނެފަ އެވެ.



More from Hurihaa.mv