ހަދިޔާފޮށިން އިނާމު ލިބުނު ފަރާތްތަކާ އިނާމު ހަވާލުކޮށްފި

Fri, 26 Apr 2024 01:41 PM

View on this article on Hoara Online

ހަދިޔާފޮށިން އިނާމު ލިބުނު ފަރާތްތަކާ އިނާމު ހަވާލުކޮށްފި
ރޯދަ މަހު އުރީދޫއިން ކުރިއަށް ގެންދިޔަ "ހަދިޔާފޮށިން" އިނާމު ލިބުނު ނަސީބުވެރިންނަށް އިނާމުތައް ހަވާލުކޮށްފި އެވެ.

ރީދޫގެ ހެޑް އޮފީހުގައި އޮތް ރަސްމިއްޔާތުގައި އަގުހުރި އެތައް އިނާމުތަކެއް ހަވާލުކުރި އިރު، މި އަހަރަށް ހުށަހެޅި އެންމެ ބޮޑު އިނާމު، އެޕަލް ވިޝަން ޕްރޯ ވެސް އެ ރަސްމިއްޔާތުގައި ވަނީ ދީފަ އެވެ.



ހަދިޔާ ފޮށީގެ ގިނަ އިނާމުތަކެއް އެ ރަސްމިއްޔާތުގައި ދިން އިރު، ރޯދަ މަހުގެ ތެރޭގައި ވެސް އިނާމު ލިބުނު ބައެއް ނަސީބުވެރިންނަށް އިނާމުތައް ވަނީ ހަވާލު ކޮށްފަ އެވެ.

މި އަހަރުގެ ހަދިޔާ ފޮށީގައި ހިމަނާފައިވާ ހާއްސަ ހަދިޔާތަކުގެ ތެރޭގައި 65 އިންޗީގެ ޓީވީ އާއި ވާވޭ ބްރޭންޑުގެ އެންމެ ފަހުގެ ސްމާޓް ވޮޗާއި ސެމްސަންގް ގެލެކްސީ އެސް24 ފޯނު ހިމެނެ އެވެ. އަދި ހަދިޔާ ފޮށިން މޫލީއިން ވިޔަފާރި ކުރުމަށް ގިފްޓު ވައުޗަރާއި ޑޭޓާ ބޯނަސް ވެސް ވަނީ ދީފަ އެވެ.

އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސެއިން ނިޔާޒު ވިދާޅުވީ މިއީ ކަސްޓަމަރުންގެ އަގު ވަޒަންކޮށް، އާ ކަންކަން ކަސްޓަމަރުންނަށް ގެނެސްދިނުމުގެ މަގުސަދުގައި ކުރި ކަމެއް ކަމަށެވެ.

"މިއަހަރުގެ ހަދިޔާފޮށީގައި ބައިވެރިވެގެން އިނާމު ހޯދި ހުރިހާ ފަރާތްތަކަށް ވަރަށް ބޮޑަށް މަރުހަބާ. ހަދިޔާ ފޮށީގެ ދެވަނަ އަހަރު ނިމިގެން މިދިޔައީ ވަރަށްވެސް ކާމިޔާބު ކަމާއެކު،" ނިޔާޒް ބުންޏެވެ.

މި އަހަރުގެ ހަދިޔާ ފޮށީގައި އެޕަލް ވިޝަން ޕްރޯގެ އިތުރުން މޮބައިލް ފޯނު، ޑިސްކައުންޓް ވައުޗާ، ޑޭޓާ ޕެކް، ގޭމިން ޕެކް، އަދި އިތުރު ގިނަ އިނާމު ތަކެއް ހިމެނުނެވެ.




More from Hoara Online