17 ރަށަށް ބޭނުންވާ ލެބޯޓްރީ އިކުއިޕްމެންޓު ހޯދަން ޗައިނާއާއެކު އެއްބަސްވުމެއް

Thu, 28 Mar 2024 07:04 PM

View on this article on Hoara Online

17 ރަށަށް ބޭނުންވާ ލެބޯޓްރީ އިކުއިޕްމެންޓު ހޯދަން ޗައިނާއާއެކު އެއްބަސްވުމެއް
ޗައިނާ ސަރުކާރުގެ އެހީގައި ރާއްޖޭގެ 17 ރަށަކަށް ލެބޯރެޓަރީ އިކުއިޕްމަންޓު ހޯދަން ރާއްޖެއިން މިއަދު ޗައިނާ ސަރުކާރާއެކު އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ.

އެ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި، ލެޓާ އޮފް އެކްސްޗޭންޖުގައި ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް އަދި ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ވަންގް ލިޒިން އެވެ.



ހެލްތު މިނިސްޓްރީން ބުނީ، އެ އެއްބަސްވުމުގެ ދަށުން ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި72 ރަށަކަށް ޗައިނާގެ އެހީގައި ލެބޯޓްރީ ސާމާނު ހޯދަން ހަމަޖައްސާފައިވާ ކަމަށެވެ.

އަދި މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ 17 ޞިއްޙީ މަރުކަޒަކަށް ބޭނުންވާ ލެބޯރެޓަރީ އިކުއިޕްމަންޓު ލިބޭނެކަން ވެސް މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.

އަދި މި އެއްބަސްވުމުގެ ދަށުން ގެންނަން ހަމަޖެހިފައިވާ ލެބޯރެޓަރީ އިކުއިޕްމަންޓްތަކުން، އެ ރަށްތަކުގައި ލެބޯރެޓަރީ ހިދުމަތް ނެތުމުގެ ސަބަބުން ދިމާވާ ދަތިތަކަށް ހައްލެއް ލިބޭނެކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.



More from Hoara Online