ރައީސް އޮފީހުން ނޫސްވެރިންގެ ބައްދަލުވުންތަކަށް ފޯނު ވެއްދުން މަނާކޮށްފި

Sun, 28 Apr 2024 11:55 AM

View on this article on Hoara Online

ރައީސް އޮފީހުން ނޫސްވެރިންގެ ބައްދަލުވުންތަކަށް ފޯނު ވެއްދުން މަނާކޮށްފި
މިއަދަށް ފަހު ރައީސް އޮފީހުގައި ބާއްވާ އެއްވެސް ނޫސްވެރިންގެ ބައްދަލުވުމަކަށް ފޯނު ވެއްދުން ނޫސްވެެރިންނަށް މަނާކޮށްފި އެވެ.

މިއީ މިފަދަ އެންގުމެއް ރައީސް އޮފީހުން ނޫސްވެރިންނަށް އެންގި ފުރަތަމަ ފަހަރެވެ.



ރައީސް އޮފީހުން އެގޮތަށް އެންގުމުން ފޯނާ ނުލައި ޕްރެސް ރޫމަށް ވަނުމަށް ނޫސްވެރިން ވަނީ ދެކޮޅު ހަދާފަ އެވެ.

އެއާ އެކު މީގެ ކުރިން މިފަދަ އެންގުމެއް ނޫސްވެރިންނަށް އަންގާފައިނުވާތީ، ރައީސް އޮފީހުން ވަނީ މިއަދުގެ ބައްދަލުވުމަށް ފޯނު ވެއްދުމުގެ ހުއްދަ ނޫސްވެރިންނަށް ދީފަ އެވެ.

އެހެން ނަމަވެސް ދެން ބާއްވާ ބައްދަލުވުންތަކަށް ފޯނު ނުވެއްދޭނެކަން މިއަދު ރައީސް އޮފީހުން ވަނީ އަންގާފަ އެވެ.

ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހިމް ހަލީލް މިއަދު ވިދާޅުވީ، ސެކިއުރިޓީ ޕްރޮޓޮކޯލެއްގެ ދަށުން އެ އަށް އަމަލުކުރަން ފެށިތާ ދެ މަހަށް ވުރެ ގިނަ ދުވަސްވެފައިވާ ކަމަށެވެ.



More from Hoara Online