ބީއެމްއެލްއިން މިއަދު ބުނެފައިވަނީ ބްރާންޗްތަކާއި ސާވިސް ސެންޓަރުތައް ހުޅުވާފައި ހުންނާނީ ހެނދުނު 10:00 އިން ފެށިގެން މެންދުރު 12:00 އަށްކަމަށެވެ.
ބީއެމްއެލް އިން ބުނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމްކޮށްފައިވާ ސެލްފް ސަރވިސް ބޭންކިން ސެންޓަރތައް މެދުވެރިކޮށް ޖަމާކުރުމާއި، ފައިސާ ނެގުމާއި ފައިސާ ފޮނުވުމުގެ ހިދުމަތް 24 ގަޑިއިރު ލިބޭނެ އެވެ. މީހުން ދިރިއުޅޭ ރަށްތަކުގައި ގާއިމްކޮށްފައިވާ ކޭޝް އެޖެންޓުން މެދުވެރިކޮށް އަސާސީ ބޭންކިންގ ހިދުމަތްތައްވެސް މި ކަސްޓަމަރުންނަށް ލިބިގެންދާނެ އެވެ. އަދި ބޭންކުގެ ކޮންޓެކްޓް ސެންޓަރގެ އެކި ޗެނަލްތައް މެދުވެރިކޮށް ކަސްޓަމަރުންނަށް ހިދުމަތް ދެމުންދާނެ އެވެ.
ހިދުމަތް ލިބޭނެ ގަޑިތައް
- ބޭރަށް ފައިސާ ފޮނުވުން ބީއެމްއެލް ޗެކް ޕްރޮސެސް ކުރުން ޕޭރޯލް އަދި ބަލްކް ޓްރާންސްފާސް ލޯކަލް ޓްރާންސްފާ އެންޑް ޕޭމަންޓްސް (ހެނދުނު 10 ގެ ކުރިން )
- އެހެން ބޭންކްތަކުގެ ޗެކް ޕްރޮސެސް ކުރުން https://www.bankofmaldives.com.mv/banking-hours-during-ramadan މި ލިކްކުން