ޔާމިންގެ މައްސަލަތައް ނިންމުން ސިޔާސީ ހަމަޖެހުމަށް މުހިންމު: ރިޔާޒް

Thu, 08 Jun 2023 09:51 PM

View on this article on Hoara Online

ޔާމިންގެ މައްސަލަތައް ނިންމުން ސިޔާސީ ހަމަޖެހުމަށް މުހިންމު: ރިޔާޒް
ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގެ ކުރިން ރައީސް އަބްދުﷲ ޔާމިންގެ މައްސަލަތައް ނިންމުމަކީ ސިޔާސީ ހަމަޖެހުމަށް މުހިންމުކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެއެވެ.

ފަތުރުވެރިކަމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ދައުލަތުން އުފުލި ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑާ ކުރުމުގެ ކުށުގެ ދައުވާ ސާބިތުވެ، ރައީސް ޔާމީން 11 އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ.

އެ މައްސަލަ އިސްތިއުނާފު ކުރަން ހައިކޯޓަށް އެ މަނިކުފާނުގެ ފަރާތްޕުޅުން އެންމެ ފުރަތަމަ ހުށަހެޅީ ފެބްރުއަރީ މަހުގެ 12ގައެވެ. ނަމަވެސް އޭގައި ހުރި ބައެއް ކަންކަން އިސްލާހު ކުރަން އެންގުމުން އެ ކަންކަން އިސްލާހު ކުރުމަށް ފަހު ދެވަނަ ފަހަރަށް ހުށެހެޅީ މާޗު މަހުގެ 15 ގައެވެ.

އެ މައްސަލައިގެ އިސްތިއުނާފު ހައިކޯޓުގައި ލަސްވާތީ އިދިކޮޅުން ވަނީ ކަންބޮޑުވުން ފާޅުކޮށް ހައިކޯޓަށް ވެސް ގޮސްފައެވެ. 

ޔާމީނަށް ދަށު ކޯޓުން ޖަލު ހުކުމް އިއްވާފައިވާއިރު އެ މަނިކުފާނަކީ އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓެވެ. އެހެންވެ، މި މައްސަލައިގައި ނިހާއީ ހުކުމެއް ނެތި ދިގު ދެމިގެން ދާތީ އިދިކޮޅުން އަންނަނީ ތަކުރާރުކޮށް ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ނާއިބު ރައީސް / ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ރައީސް ޔާމީނަކީ އިދިކޮޅު އެންމެ ބޮޑު ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ކަމަށް ވުމުން އެ މަނިކުފާނުގެ މައްސަލަރައް އިންތިހާބުގެ ކުރީން ނިންމުމަކީ ސިޔާސީ ހަމަޖެހުމަށް މުހިންމު ކަމެއް ކަމަށެވެ.

"ރައީސް ޔާމިނަކީ އިދިކޮޅު އެންމެ ބޮޑު ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ކަމަށްވުމާއިއެކު އެމަނިކުފާނުގެ މައްސަލަތައް އިންތިހާބުގެ ކުރިން ހައިކޯޓް އަދި ސުޕްރީމް ކޯޓުން ނިންމުމަކީ ސިޔާސީ ހަމަޖެހުމަށް މުހިންމު ކަމެއް،" ރިޔާޒް ވިދާޅުވި އެވެ. 

ރިޔާސީ އިންތިހާބަށް ކެންޑިޑޭޓުންގެ ނަން ހުށަހަޅަން މިހާރު މި އޮތީ އެންމެ ދެ މަހަށް ވެފަ އެވެ. ނަން ހުށައަޅަން ހުޅުވާލާނީ 23 ޖުލައިގަ އެވެ. ފުރުސަތު އޮންނާނީ 3 އޮގަސްޓަށެވެ. އެ މުއްދަތުގެ ކުރިން ޔާމީނަށް ހައި ކޯޓުން ކާމިޔާބު ލިބިވަޑައިގެންފި ނަމަ މިހާރު އޮތް ގާނޫނީ ޝައްކުތައް ނެތިގެންދާނެ އެވެ.

އިއްޔެ އިސްތިއުނާފީ މައްސަލަ ފެށިއިރު، ފަނޑިޔާރުންގެ ބެންޗުން ނިންމާފައިވަނީ މައްސަލާގައި ދެން ހިމެނޭ ޔޫސުފް ނައީމުގެ ބައި ވެސް އެއް އަޑުއެހުމެއްްގެ ގޮތުގައި ކުރިއަށް ގެންދާށެވެ. އެކަމަކު އަޑުއެހުންތައް ކުރިއަށް ގެންދަނީ ފަހަރަކު ބައެއް ވަކިވަކީން ކަމުން އިއްޔެ އޮތީ ނައީމްގެ ބަ އެވެ. 

އިއްޔެ ދެ ގަޑިއިރަށް ކުރިއަށް ގެންދަން ނިންމި އަޑުއެހުމުގައި ނައީމްގެ ފަރާތުން ފާހަގަކުރި އިސްތިއުނާފީ ނުކުތާތައް ހުށަހަޅައި، އެއަށް ދައުލަތުން ޖަވާބުތައް ހުށަހެޅުނީ ކިރިޔާ އެވެ.

ޔާމީންގެ ބައި ފެށޭނީ ނައީމުގެ އިސްތިއުނާފީ ނުކުތާތަކަށް ދައުލަތުން ދިން ޖަވާބުތަކަށް ދޭ ރައްދުތަކާއި، ދެ ފަރާތުގެ ވާހަކަތަކާ ގުޅިގެން ޝަރީއަތުން ސާފުކުރަން ޖެހޭ ކަންކަން ސާފުކޮށްފަ އެވެ. ދެން އޮންނަ އަޑުއެހުމެއްގައި އެ ވަގުތު ލިބިއްޖެ ނަމަ ޔާމީންގެ ބަޔަށް ފުރުސަތު ލިބޭނެ އެވެ. ނޫނީ އެބައި އަނެއްކާވެސް އިތުރު އަޑުއެހުމަކަށް ލަސްވާނެ އެވެ. 

ދެވަނަ އަޑުއެހުމެއް އޮންނާނެ ދުވަހަކާއި، މައްސަލަތައް ކުރިއަށްދާނެ ގޮތުގެ ތާވަލެއް ފަނޑިޔާރުން އަދި ހާމަނުކުރައްވާތީ މައްސަލަ ނިންމަން ހޭދަވާނެ މުއްދަތެއް ސީދާ ޔަގީނެއް ނޫނެވެ.





More from Hoara Online