ކުކުޅު ފިހާރަ އީދު ޕްރޮމޯޝަން: ކުކުޅުގެ އަގު ވަރަށް ބޮޑަށް ހެޔޮކޮށްފި

Thu, 08 Jun 2023 02:57 PM

View on this article on Hoara Online

ކުކުޅު ފިހާރަ އީދު ޕްރޮމޯޝަން: ކުކުޅުގެ އަގު ވަރަށް ބޮޑަށް ހެޔޮކޮށްފި
އަންނަ ބޮޑު އީދަު ޕްރޮމޯޝަން ގައި ކުކުޅުގެ އަގު ވަރަށް ބޮޑަށް ހެޔޮކޮށްފި އެވެ. 

ކުކުޅު ފިހާރައިން މި އަހަރުގެ ބޮޑު އީދަށް ފެށި މި ޕްރޮމޯޝަން ގައި ކުކުޅު އަދި ފިނިކުރި ގިނަ ބާވަތްތަކުގެ އަގުވަނީ ވަރަށް ބޮޑުތަނުން ހެޔޮކޮށްފަ އެވެ. އެގޮތުން:

  •   800 ގްރާމް ކުކުޅު ކޭހެއް - މިހާރު 293ރ. އަށް
      900 ގްރާމް ކުކުޅު ކޭހެއް - މިހާރު 330ރ. އަށް
  •   1000 ގްރާމް ކުކުޅު ކޭހެއް - މިހާރު 367ރ. އަށް
  •   1100 ގްރާމް ކުކުޅު ކޭހެއް - މިހާރު 403ރ. އަށް
  •   1200 ގްރާމް ކުކުޅު ކޭހެއް - މިހާރު 440ރ. އަށް
  •   1300 ގްރާމް ކުކުޅު ކޭހެއް - މިހާރު 477ރ. އަށް
  •   1400 ގްރާމް ކުކުޅު ކޭހެއް - މިހާރު 514ރ. އަށް
ގަނޑުކުރި ކުކުޅުގެ އިތުރުން އެ ފިހާރައިން ކޮށި ކުކުޅު، ކުކުޅުފައި، ކުކުޅު ފައި ޕެކެޓް، ނަގެޓްސް، ފްރޯޒަން ވެޖް، ފަރާޓާ، މޮޒޮރެއްލާ ޗީޒް، ބޯންލެސް ޗިކަން، މަޓަން، ލޭމްބް، ބީފް، ސީ ފުޑް، ސޮސެޖް، ސްލައިސް ޗީޒް، ބަޓަރު ބްލޮކް، ޖޭމު، ޓާކީ، އަސްދޫނި މަހާއި ގަނޑުކޮށްފައި ހުންނަ ތަރުކާރީ އާއި ބަޓަރާއި ޗީޒްގެ އެކި ބާވަތްތައް ވެސް ހެޔޮ އަގުގައި ލިބެން ހުރެ އެވެ. 

ކުކުޅު ފިހާރައިން ރާއްޖޭގެ ރިސޯޓްތަކަށް ވެސް ސަޕްލައި ކުރާތީ ކޮލިޓީ އަދި ފްރެޝް ސާމާނު ފޯރުކޮށްދިނުމަށް އަބަދުވެސް އިސްކަން ދެއެވެ. އަދި އަތޮޅު ތެރޭގެ 88 ޕަސެންޓް ރަށްތަކަށް ވެސް ސަޕްލައި ކުރަނީ ކުކުޅު ފިހާރައިން ނެވެ. 

މީގެ އިތުރުން ރަށްރަށުގެ ވިޔަފާރިވެރިން ގަނޑުކޮށް މުދާ ގަންނަ ނަމަ އެ ވިޔަފާރިވެރިޔަކު ބުނާ ބޯޓަކަށް މުދާ ޑެލިވަރީ ކޮށްދިނުމުގެ ޚިދުމަތް ވެސް ދެއެވެ. 

ކުކުޅު ފިހާރައިން ރާއްޖެއަށް އަލަށް ތައާރަފު ކުރާ އުފެއްދުންތަކާއި އެ ކުންފުނިން ހިންގާ ޕްރޮމޯޝަންތަކުގެ އިތުރު މައުލޫމާތު ކުކުޅު ފިހާރަ ފޭސްބުކް ޕޭޖުން / 9986575 ލިބޭނެ އެވެ.  




More from Hoara Online