ރިޔާސީ އިންތިހާބު މޮނީޓާކުރުމުގެ ފުރުސަތު ބޭރުގެ އޮބްޒާވަރުންނަށް ހުޅުވާލައިފި

Sat, 25 Mar 2023 09:30 PM

View on this article on Dhuvas.mv

ރިޔާސީ އިންތިހާބު މޮނީޓާކުރުމުގެ ފުރުސަތު ބޭރުގެ އޮބްޒާވަރުންނަށް ހުޅުވާލައިފި

މިއަހަރު ބާއްވާ ރިޔާސީ އިންތިހާބު މޮނީޓާ ކުރަން ބޭނުންވާ ބައިނަލްއަގުވާމީ އޮބްޒާވަރުންނަށް ފުރުސަތު ހުޅުވާލައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ކުރި އިއުލާނުގައި ބުނެފައިވަނީ އެފުރުސަތަށް އެދެވޭނީ އީމެއިލް މެދުވެރިކޮށް ކަމަށެވެ. އެ ފުރުސަތު ހުޅުވާލާފައިވަނީ އަންނަ ޖުލައި25 ވަނަ ދުވަހުގެ ނިޔަލަށެވެ.

އީސީން ވަނީ އޮބްޒާވަރުންގެ ކިބައި ހުންނަން ޖެހޭ ޝަރުތުތަކެއް ކަނޑައަޅާފައި އެވެ. އޭގެ ތެރޭގައި ހިމެނެނީ

އުމުރުން18 އަހަރު ފުރިފައިވުން

ބައިނަލްއަގުވާމީ މިންގަޑުތަކަށް ހިންގާ ބޭރުގެ ޖަމާއަތެއްގެ މަންދޫބަކަށް ވުން

އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރުން

ރާއްޖޭގެ އިންތިހާބުތަކާއި ބެހޭ ގާނޫނާއި ހިލާފު ނުވާނެ ފަރާތަކަށް ވުން

އީސީން ބުނީ އޮބްޒާވަރުން ރާއްޖެ އައުމާއި ތިމުބުމުގެ ހުރިހާ ހަރަދެއް ބަލަހައްޓަން ޖެހޭނީ އަމިއްލައަށް ކަމަށެވެ.

ހަމައެކަނި އެ ކޮމިޝަނުން ހަމަޖައްސައިދޭނީ އިންތިހާބުގެ ކުރިން ފުރިހަމަ ކުރަން ޖެހޭ ޓްރެއިންގެ އިންތިޒާމްތައް ކަމަށް ބުނެފައިވެ އެވެ. މި ޓްރެއިނިން ދިވެހި މޮނީޓަރުންނާއި އޮބްޒާވަރުންވެސް މިއަހަރުގެ އިންތިހާބުގެ ކުރިން ފުރިހަމަ ކުރަން ޖެހެ އެވެ.

ރިޔާސީ އިންތިހާބު ބޭއްވުމަށް ހަމަޖައްސާފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު އެވެ.



More from Dhuvas.mv