ރޯދަމަހު ވިޔަފާރި މުދާ އުފުލޭނެ ގަޑިތައް ކަނޑައަޅައިފި

Mon, 04 Mar 2024 11:29 PM

View on this article on DhiDaily

ރޯދަމަހު ވިޔަފާރި މުދާ އުފުލޭނެ ގަޑިތައް ކަނޑައަޅައިފި

ރަމަޟާން މަހު ގްރޭޓަރ މާލެ ސަރަހައްދުގައި ވިޔަފާރި މުދާ އުފުލޭނެ ގަޑިތައް ކަނޑައަޅައި އިއުލާނުކޮށްފިއެވެ.

ރަމަޟާން މަހުގެ އެއްވަނަ ދުވަހުން ފެށިގެން ރަމަޟާން މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް އަދި ޝައްވާލް މަހުގެ 1 އިން 7 ވަނަ ދުވަހުގެ ނިޔަލަށް މުދާ އުފުލޭނެ އާންމުކުރީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަނުން މިރޭ ކުރި އިއުލާނެއްގައެވެ.

ބަރު އުޅަނދާއި ހުރިހާ ބާވަތެއްގެ މުދާ އުފުލާ އުޅަނދުތަކުގައި މުދާ އުފުލޭނެ ގަޑިތައް:

ހެނދުނު 9:30 އިން ހަވީރު 16:30 އަށް

ރޭގަނޑު 20:00 އިން ހެނދުނު 6:00 އަށް

މުދާ އުފުލުމަށް ބޭނުންކުރާ އުޅަނދުތަކާއި ބަރު އުޅަނދުތައް ދުއްވުމާއި މުދާ އުފުލުން މަނާ ގަޑިތައް:

ހެނދުނު 6:00 އިން ހަވީރު 9:30 އަށް

ހަވީރު 16:30 އިން ރޭގަނޑު 20:00 އަށް

ރަމަޟާން މަހުގެ 20 ވަނަ ދުވަހުން ފެށިގެން ރަމަޟާން މަހުގެ ނިޔަލަށް ބަރު އުޅަނދާއި ހުރިހާ ބާވަތެއްގެ މުދާ އުފުލާ އުޅަނދުތަކުގައި މުދާ އުފުލޭނެ ގަޑިތަކަކަކީ ހެނދުނު 6:00 އިން ހަވީރު 16:30 އަށް އަދި ރޭގަނޑު 20:00 އިން ހެނދުނު 6:00 އަށެވެ.

މުދާ އުފުލުމަށް ބޭނުންކުރާ އުޅަނދުތަކާއި ބަރު އުޅަނދުތައް ދުއްވުމާއި މުދާ އުފުލުން މަނާ ގަޑިތަކަކީ ހަވީރު 16:30 އިން ރޭގަނޑު 20:00 އަށެވެ.

މި އެންގުމާ ޚިލާފުވާ ފަރާތްތަކަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ 3 ވަނަ މާއްދާގެ (ހ) އިން ބާރުލިބިގެން އެ ގާނޫނުގެ 68 ވަނަ މާއްދާގެ ދަށުން 750 ރުފިޔާ އިން ޖޫރިމަނާކުރެވޭނެ ކަމަށާއި ހުރިހާ ފަރާތްތަކުން ވެސް މި ގޮތަށް އަމަލުކުރުމަށް އަންގާފައެވެ.



More from DhiDaily