ޓީޗަރަކު ވަކިކުރަން ގޮވާލާ ނައިފަރުގައި އިހުތިޖާޖުކުރަނީ

Thu, 25 Jul 2024 02:29 PM

View on this article on DhiDaily

ޓީޗަރަކު ވަކިކުރަން ގޮވާލާ ނައިފަރުގައި އިހުތިޖާޖުކުރަނީ

ޅ. ނައިފަރުގައި ހުންނަ މަދަރުސަތުލް އިފުތިތާހުގައި އިސްލާމް ކިޔަވާދޭ ޓީޗަރަކަށް ބަދުއަޚުލާގީ ތުހުމަތުތަކެއް ކުރެވޭތީ އެ ސްކޫލުގެ ބެލެނިވެރިން މިއަދު މުޒާހަރާކުރަން ފަށައިފިއެވެ.



ސްކޫލުގެ ބޭރުގައި ބެލެނިވެރިން ދަނީ އެކި ޝުއޫރުތައް ލިޔެފައިވާ ބޯޑުތައް ހިފައިގެން އިހުތިޖާޖު ކުރަމުންނެވެ.

ބެލެނިވެރިން އިހުތިޖާޖު ކުރަމުންދަނީ އެ ސްކޫލުގެ ޓީޗަރަކަށް ކުރެވޭ ތުހުމަތުތަކަކާ ގުޅިގެންނެވެ.

އެ ސްކޫލުގެ ބެލެނިވެރިއަކު ބުނީ، ބަދުއަޚުލާގީ ތުހުމަތުތައް ކުރެވޭ ޓީޗަރު ނަގާފައިވާ ބަރަހަނާ ފޮޓޯތަކެއް ލީކުވި ކަމަށެވެ. އެ މައްސަލައިގައި އޭނާ ސަސްޕެންޑު ވެސް ކުރި ކަމަށް އެ މީހާ ބުންޏެވެ.

އެ މައްސަލައިގައި އޭނާގެ މައްޗަށް ހެއްކެއް ނެތުމުން އެއްވެސް ފިޔަވަޅެއް ނޭޅޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވާ ކަމަށް ބެލެނިވެރިޔާ ބުންޏެވެ.އެ މައްސަލައިގައި އޭނާ ސަސްޕެންޑު ވެސް ކުރި ކަމަށް އެ މީހާ ބުންޏެވެ.

އެ ޓީޗަރު ސްކޫލުން ވަކިކުރުމަށްވެސް ބެލެނިވެރިން ދަނީ ގޮވާލަމުންނެވެ.



More from DhiDaily