މިރޭ ވެސް އިދިކޮޅުން މުޒާހަރާއަށް: މިހާތަނަށް ތިން މީހަކު ހައްޔަރުކޮށްފި

Tue, 27 Dec 2022 09:59 PM

View on this article on DhiDaily

މިރޭ ވެސް އިދިކޮޅުން މުޒާހަރާއަށް: މިހާތަނަށް ތިން މީހަކު ހައްޔަރުކޮށްފި

ޚިޔާނާތުގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ޙުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް މިނިވަން ކުރަން ގޮވާލައި އިދިކޮޅު ކޯލިޝަނުން މިރޭ ވެސް މުޒާހަރާއަށް ނިކުމެއްޖެއެވެ.

މަޖީދީމަގުގައި މުޒާހަރާ ފަށާފައިވާއިރު އެ މުޒާހަރާގައި ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕްގެ އިސް ބޭފުޅުން ވެސް ބައިވެރިވެވަޑައިގަންނަވައެވެ.

ޕީޕީއެމްއިން ބުނި ގޮތުގައި މިރޭގެ މުޒާހަރާގައި މިހާތަނަށް ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ.

އާރަށު މައްސަލައިގައި ރައީސް ޔާމީނަށް ޙުކުމް އިއްވީ މި މަހުގެ 25 ގައެވެ. އެރެއިން ފެށިގެން އިދިކޮޅު ފަރާތްތަކުން ގެންދަނީ އަޑުއުފުލަމުންނެވެ.

ވޭތުވެދިޔަ ދެ ރޭގައި ކުރި މުޒާހަރާގައި ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކުރިއެވެ. ނަމަވެސް އެ އެންމެން ވަނީ ދޫކޮށްލައިފައެވެ.



More from DhiDaily