އޮފީސް ގަޑީގައި މުޒާހަރާއަށް ނިކުތްކަމަށް ބުނުމުން މޭޔަރު ރައްދުދެއްވައިފި

Tue, 27 Dec 2022 07:39 PM

View on this article on DhiDaily

އޮފީސް ގަޑީގައި މުޒާހަރާއަށް ނިކުތްކަމަށް ބުނުމުން މޭޔަރު ރައްދުދެއްވައިފި

ވ.އާރަށު މައްސަލައިގައި ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމަށް ޙުކުމް ކުރި ދުވަހު ހުންނެވީ ޗުއްޓީގައިކަމަށް ވިދާޅުވެ މާލޭ ސިޓީގެ މޭޔަރު ޑރ.މުޙައްމަދު މުޢިއްޒު ދީނީ ޢިލްމުވެރިޔާ ޑރ.މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވައިފިއެވެ.

ޔާމީނަށް 11 އަހަރުގެ ޖަލު ޙުކުމެއް އިއްވި ދުވަހު އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ސަޕޯޓަރުން ވަނީ ކްރިމިނަލް ކޯޓު ކައިރީގައި މުޒާހަރާކޮށްފައެވެ.

އެކަމަށް ޢިޝާރަތްކުރައްވައި ޑރ.އިޔާޟް ކުރެއްވި ޓުވީޓެއްގައި ވަނީ އެ ދުވަހުގެ އޮފީސް ގަޑީގައި ‎މާލޭ ސިޓީ ކައުންސިލުގެ ބައެއް އިސްވެރިން މަގުމައްޗަށް ނިކުމެ މުޒާހަރާ ކުރެއްވީ އޮފީސް މަސައްކަތަކަށް ވެގެންތޯ ސުވާލު ކުރައްވައިފައެވެ. އަދި މާލޭގެ ރައްޔިތުން ހަވާލުކުރި ޒިންމާއަކީ އެއީތޯ ވެސް ސުވާލު ކުރެއްވިއެވެ. އަދި ގެއަށް ވައްދާ ފައިސާ ހަލާލުކުރަންޖެހޭކަމަށް ވެސް ޑރ.އިޔާޟް ވިދާޅުވިއެވެ.

އެ ގޮތުން މުޢިއްޒު ވިދާޅުވީ އެ ދުވަހު ހުރީ އަހަރީ ޗުއްޓީގެ އެއް ދުވަސް ޗުއްޓީގެ ގޮތުގައި ނަންގަވައިގެން ކަމަށެވެ.

އަދި ފާސިޤުންގެ ހެކިބަހުގެ މައްޗަށް ޙުކުމް ކުރުން އިސްލާމްދީނުގައި ހަލާލުތޯ އޮޅުންފިލުވައި ދެއްވައިފާނުތޯއާއި މީސްތަކުންގެ މެދުގައި ޙުކުމް ކުރުމުގައި އަދުލުވެރިވާށޭ ދީނުގައި އޮވޭތޯ ވެސް މުޢިއްޒުގެ ޓުވީޓުގައި ސުވާލު ކުރައްވާފައިވެއެވެ.



More from DhiDaily