އައްޑޫ ސިޓީން މިރޭ ތިން އެކްސިޑެންޓެއް ރިޕޯޓް ކޮށްފި

Tue, 22 Oct 2024 01:23 AM

View on this article on Channel News Maldives

އައްޑޫ ސިޓީން މިރޭ ތިން އެކްސިޑެންޓެއް ރިޕޯޓް ކޮށްފި
އައްޑޫ ސިޓީ ހިތަދޫގެ ތިން ސަރަހައްދެއްގައި މިރޭގެ އެކި ވަގުތުތަކުގައި އެކްސިޑެންޓުތަކެއް ހިނގާފައިވާކަމަށް ފުލުހުން ބުނެފި އެވެ.
Advertisement

ފުލުހުން ބުނީ އަނިޔާވި ހަތް މީހުންނަށް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލްގައި ފަރުވާދެމުންދާކަމަށެވެ. އޭގެތެރޭގައި ހިމެނެނީ ހަ ފިރިހެނުންނާ އެއް އަންހެނެކެވެ. އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައިނުވާކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ވަނީ ބުނެފަ އެވެ.

ފުލުހުން އިތުރަށް ބުނީ މިއިން ކޮންމެ އެކްސިޑެންޓެއްވެސް ހިނގާފައިވަނީ ދެ ސައިކަލު ޖެހިގެންކަމަށެވެ. ތިން އެކްސިޑެންޓްގެ ތެރެއިން، ދެ އެކްސިޑެންޓް ހިނގި ސރަޙައްދަށް ފުލުހުން ދިޔައިރު ސީން ރޫޅާލާފައިވާކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.



އެކްސިޑެންޓްގެ މި މައްސަލަތައް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

 



More from Channel News Maldives