ބާރަށުގައި ޓޫރިސްޓު ހޮޓަލެއް އަޅާނެ ބަޔަކު ހޯދަނީ

Mon, 21 Oct 2024 09:47 PM

View on this article on Channel News Maldives

ބާރަށުގައި ޓޫރިސްޓު ހޮޓަލެއް އަޅާނެ ބަޔަކު ހޯދަނީ
ހއ. ބާރަށުގައި ޓޫރިސްޓު ހޮޓަލެއް އަޅާނެ ބަޔަކު ހޯދަން ޓޫރިޒަމް މިނިސްޓްރީން ބީލަމަށް ލައިފިއެވެ.
Advertisement

ހއ. ބާރަށުގައި ޓޫރިސްޓު ހޮޓަލެއް އަޅާނެ ބަޔަކު ހޯދަން ޓޫރިޒަމް މިނިސްޓްރީން ބީލަމަށް ހުޅުވާލައިފި އެވެ.



ޓްއަރިޒަމް މިނިސްޓްރީން ބުނީ ބާރަށުގައި ޓޫރިސްޓު ހޮޓަލެއް އަޅަނީ އެރަށުން ފަތުރުވެރިކަން ތަރައްޤީކުރުމަށް ކަނޑައަޅާފައިވާ 71,832 އަކަފޫޓުގެ ބިމެއްގައިކަމަށެވެ. 

އެހެންކަމުން މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް މައުލާތި ދިނުމަށް މިމަހުގެ 28 ވަނަދުވަހުގެ 10:00 ގައި ބައްދަލުވުން އޮންނާނެކަަމަށާއި ބައްދަލުވުން  އޮންނާނީ ވާޗުއަލްކޮށް (ޒޫމް މެދުވެރިކޮށް) ކަމަށް ޓްއަރިޒަމް މިނިސްޓްރީން ބުނެއެވެ. 

ބީލަން ހުށައަޅަންޖެހޭނީ އަންނަ ޑިސެމްބަރު މަހުގެ 5 ވަނަދުވަހުގެ 10:00 ގައިކަމަށް މިނިސްޓްރީން ބުނެއެވެ. 

އިންޓަނޭޝަނަލް ބީލަމަކަށް ހުޅުވާލައިގެން ބާރަށުގައި އީކޯ ޓޫރިޒަމްގެ މަޝްރޫއެއް ހިންގުމަކީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ވަދުފުޅެކެވެ. އެމަނިކުފާނު މިކަމަށް ވައުދުވެޑައިގަތީ 20 ވަނަ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައެވެ. 



More from Channel News Maldives