ރައީސް މުއިއްޒުގެ ސިޔާސަތުތަކާއި އެއްގޮތަށް ފުރިހަމަ ހިދުމަތެއް ފޯރުކޮށްދިނުމުގައި ސްޓެލްކޯ ދެމިއޮންނާނެ: ފަހުމީ

Mon, 06 May 2024 03:00 PM

View on this article on Bonthi News

ރައީސް މުއިއްޒުގެ ސިޔާސަތުތަކާއި އެއްގޮތަށް ފުރިހަމަ ހިދުމަތެއް ފޯރުކޮށްދިނުމުގައި ސްޓެލްކޯ ދެމިއޮންނާނެ: ފަހުމީ

ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ހަރުދަނާ ސިޔާސަތުތަކާއި އެއްގޮތަށް ރައްޔިތުން ބޭނުންވާ ފުރިހަމަ ހިދުމަތެއް ފޯރުކޮށްދިނުމަށް ސްޓެލްކޯ އަބަދުވެސް ދެމިއޮންނާނެކަަމަށް އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.



ފަހުމީ މިފަދައިން ވިދާޅުވީ ރައީސް މުއިއްޒުގެ ނިންމެވުމާ އެއްގޮތަށް ނިމުނު ރަމަޟާންމަހު އާންމު ރައްޔިތުން ބޭނުންކޮށްފައިވާ ކަރަންޓާއި ފެނުގެ ބިލްތައް، އެހެން މަސްމަހުގެ ބިލްތަކަށްވުރެ ބޮޑު ނުވާނޭހެން ޑިސްކައުންޓު ދޭނެ ކަމުގެ ޔަގީންކަން ދެއްވައި، އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެގޮތުން ރަމަޟާން މަހުގެ ދުވަސްތައް ހިމެނޭހެން އެޕްރީލް މަހު ފޮނުވާފައިވާ ބިލްތަކުގައި ޑިސްކައުންޓް ހިމަނާފައިވާނެ ކަމަށާއި، އަދި ރަމަޟާން މަހުގެ ބާކީ ދުވަސްތައް ހިމެނޭހެން އެންމެ ފަހުން ތައްޔާރުކޮށްފައިވާ ބިލްތަކުގައިވެސް ޑިސްކައުންޓު ހިމެނުމަށްފަހު، މިރޭގެ ނިޔަލަށް އެ ބިލްތައް ފޮނުވުމުގެ މަސައްކަތް ސްޓެލްކޯއިން ކުރަމުންދާކަން ފަހުމީ ފާހަގަކުރެއްވިއެވެ.

”ޑިސްކައުންޓު ހިމެނުމުގެ ކުރިން ދައްކާފައިވާ ބިލްތަކުން، ޑިސްކައުންޓު ހިމެނީމާ ފަރަގުވާ އަދަދު ޖެހިގެން އަންނަ މަހުގެ ބިލްތަކުން އުނިކޮށްދޭނެ.“ ފަހުމީ ވިދާޅުވިއެވެ.

ފަހުމީ ވިދާޅުވިގޮތުގައި ސަރުކާރުގެ ހަރުދަނާ ސިޔާސަތުތަކާއި އެއްގޮތަށް ރައްޔިތުން އެދޭފަދަ ފުރިހަމަ ހިދުމަތެއް ފޯރުކޮށްދިނުމުގެ ސްޓެލްކޯ އަބަދުވެސް ދެމިއޮންނާނެއެވެ.



More from Bonthi News