އިނގިލިތައް ބުރިކޮށްލާނެ ކަމުގެ އިންޒާރު ދިނުމަށްފަހު ފޭރިގެންފި

Fri, 20 Sep 2024 07:50 PM

View on this article on Avas.mv

އިނގިލިތައް ބުރިކޮށްލާނެ ކަމުގެ އިންޒާރު ދިނުމަށްފަހު ފޭރިގެންފި

އިނގިލިތައް ބުރިކޮށްލާނެ ކަމަށް ބުނެ ބިރުދައްކައިގެން ފޭރުނު ދެ މީހުން ހައްޔަރުކޮށްފި އެވެ.

މާލެ އިން ރޭގެ ވަގުތެއްގައި ހައްޔަރުކޮށްފައިވަނީ - ސ. ހިތަދޫ އަތިރީއާގެ، އަހްމަދު ސިވާތު (37 އ) އާއި ސ. ހިތަދޫ ޑިލައިޓްފޭސް، މުހައްމަދު ސާލިމް (37 އ) އެވެ.

ފުލުހުން މިއަދު ބުނީ ރޭ ރަސްފަންނުގައި ތިބި ބިދޭސީންތަކަކަށް ވަޅިން ބިރުދައްކައި ފައިސާ ނުދީފިނަމަ އެ މީހުންގެ އިނގިލިތައް ބުރިކޮށްލާނެ ކަމަށް ބުނެ ހައްޔަރުކޮށްފައިވާ ދެ މީހުން އިންޒާރު ދިން ކަމަށެވެ. އަދި އެތަނުން ދެ ބިދޭސީއެއްގެ ވޮލެޓުގައި ހުރި ފައިސާ ފޭރިގެންފައިވާ ކަަމަށްވެސް ބުންޏެވެ.

ފުލުހުން ވަނީ ބިދޭސީންގެ އަތުން ފޭރުނު ދެ މީހުން ހޯދައި ފައިސާތައްވެސް ވެރިފަރާތާ ހަވާލުކޮށްފަ އެެވެ.

މީގެއިތުރުން ޗާންދަނީ މަގުން ބިދޭސީއެއްގެ ފޯން ފޭރިގެން މީހަކުވެސް ރޭ ފުލުހުން ހައްޔަރުކޮށްފައިވެ އެވެ. މިމައްސަލައިގައި ހައްޔަރުކޮށްފައިވަނީ ލ. މާމެންދޫ، ރިހިވެލި، އަހްމަދު ނިޒާރު (31 އ) އެވެ





More from Avas.mv