ތިމާވެށީގެ ދުވަހު ސްޓެލްކޯގެ ހުރިހާ މުވައްޒަފުން ގަސް އިންދަނީ

Fri, 24 May 2024 07:28 PM

View on this article on Avas.mv

ތިމާވެށީގެ ދުވަހު ސްޓެލްކޯގެ ހުރިހާ މުވައްޒަފުން ގަސް އިންދަނީ

ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމަށް ސްޓެލްކޯގެ ހުރިހާ މުވައްޒަފުން ބައިވެރިވާ ގޮތަށް ގަސް އިންދުމުގެ ހަރަކާތެއް ކުރިއަށް ގެންދިއުމަށް ނިންމައިފި އެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހްމީ ވިދާޅުވީ މިއަހަރުގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އެ ކުންފުނީގެ މުވައްޒަފުން އިސްނަގައިގެން ގަސް އިންދުމުގެ ޙަރަކާތެއް ހިންގުމަށް ނިންމާފަ އެވެ.

"މި ހަރަކާތަކީ ރައީސުލްޖުމްހޫރިއްޔާ މުއިއްޒު ކޮޕް28 ސަމިޓުގައި އިޢުލާން ކުރައްވާފައިވާ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަގައި ބައިވެރިވެ، އެ މަސައްކަތުގައި ހިއްސާވުމުގެ ގޮތުން ކުންފުނީގެ ހުރިހާ މުވައްޒަފުން ބައިވެރިވާ ގޮތަށް ހިންގާ ހަރަކާތެކެވެ،" އޭނާ ވިދާޅުވި އެވެ.

ފަހްމީ އިތުރަށް ވިދާޅުވީ މި ހަރަކާތުގެ ޒަރިއްޔާއިން ސްޓެލްކޯއިން އުފައްދާ ކާބަން އޮފްސެޓް ކުރުމަށް ހިފާފައިވާ އަމާޒަށް ވާސިލްވުމަށް މަގުފަހިވާނެތީ އެ ކުންފުނީގެ ހުރިހާ މުވައްޒިފުން މިހަރަކާތުގައި ބައިވެރިވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ރައީސް މުއިއްޒު އިއުލާންކުރައްވާފައިވާ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމު ރަސްމީކޮށް ފެށުމަށް ސަރުކާރުން ނިންމާފައިވަނީ މިއަހަރުގެ ޖޫން ފަސްވަނަ ދުވަހު ފާހަގަކުރާ ދުނިޔޭގެ ތިމާވެށީގެ ދުވަހާ ގުޅުވައިގެންނެވެ.





More from Avas.mv