ރަސްދޫގައި ހަށިވިއްކަމުން ދިޔަ ހަތަރު ބިދޭސީއަކު ހައްޔަރުކޮށްފި

Fri, 26 Jul 2024 10:18 PM

View on this article on Avas.mv

ރަސްދޫގައި ހަށިވިއްކަމުން ދިޔަ ހަތަރު ބިދޭސީއަކު ހައްޔަރުކޮށްފި

އއ. ރަސްދޫގައި "ބުލް ވެލި ސެލޫން އެންޑް ސްޕާ"ގެ ނަމުގައި ރަޖިސްޓަރީ ނުކޮށް ހިންގަމުން ދިޔަ ތަނެއްގައި ހަށިވިއްކަމުން ދިޔަ ބިދޭސީންތަކެއް ހައްޔަރުކޮށްފި އެވެ.

މި ތަން ހިންގަމުން ގެންދިޔައީ ރަސްދޫ ސާހިލް ގޭގައެވެ.

ފުލުހުން ރޭ ކުރިއަށް ގެންދިޔަ މި އޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ އުމުރުން 42 އަހަރުގެ ބިދޭސީ އަންހެނަކާއި 27 އަހަރުގެ ބިދޭސީ ދެ އަންހެނުންނެވެ.

މީގެއިތުރުން މިމައްސަލައިގައި 28 އަހަރުގެ ބިދޭސީ ފިރިހެނަކުވެސް ހައްޔަރުކޮށްފައިވެ އެވެ.

"މިމައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުން،" ފުލުހުން މީޑިއާއަށް ފޮނުވި މެސެޖެއްގައި ބުނެފައިވެ އެވެ.





More from Avas.mv