އައިސީއާރްސީގެ ސަރަހައްދީ ވެރިޔާ، ނައިބް ރައީސްއާ ބައްދަލުކުރައްވައިފި

Thu, 02 May 2024 08:22 PM

View on this article on Avas.mv

އައިސީއާރްސީގެ ސަރަހައްދީ ވެރިޔާ، ނައިބް ރައީސްއާ ބައްދަލުކުރައްވައިފި

އިންޓަނޭޝަނަލް ކޮމިޓީ އޮފް ރެޑް ކްރޮސް (އައިސީއާރްސީ)ގެ މި ސަރަޙައްދުގެ ވަފްދުގެ އިސްވެރިޔާ ކަދިރް އޮމަރު، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފްއާ ބައްދަލުކުރައްވައިފި އެވެ.

ރައީސް އޮފީހުގައި މިއަދު ހެނދުނު ކުރިއަށް ދިޔަ މި ބައްދަލުކުރެއްވުމުގައި ނައިބް ރައީސް ވަނީ އައިސީއާރްސީ އިން ފޯރުކޮށްދެމުންދާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފަ އެވެ. އަދި ރެޑް ކްރެސެންޓްގެ ހަރަކާތްތައް ކުރިއަށް ގެންދިއުމުގައި މި ސަރުކާރުން ފުރިހަމަ އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން ނައިބް ރައީސް ދެއްވެވި އެވެ.

މިބައްދަލުކުރެއްވުމުގައި ކަދިރް ވެސް ވަނީ އެ ޖަމިއްޔާއަށް ދިވެހި ސަރުކާރުން ވެދޭ އެހީތެރިކަމާއި އެއްބާރުލުމަށް ޝުކުރު އަދާކުރައްވާފަ އެވެ.

މީގެ އިތުރުން ދާއިރާގެ މާހިރުންގެ މެދުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެކްސްޕަޓިސް އެކްސްޗޭންޖް ޕްރޮގްރާމްގައި ރާއްޖޭގެ ކަމާބެހޭ އިދާރާތައް ހިމެނިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމުގައި ވިދާޅުވެ، އައިސީއާރްސީ އިން ހިންގާ އިތުރު ތަމްރީނު ޕްރޮގްރާމުތަކުގެ ފުރުސަތުތަކާ ބެހޭ މައުލޫމާތު ކަދިރް ހިއްސާ ކުރެއްވި އެވެ.

މި ބައްދަލުކުރެއްވުމުގައި ނައިބް ރައީސް އާއި ކަދިރް ވަނީ އިންޓަނޭޝަނަލް ކޮމިޓީ އޮފް ރެޑް ކްރޮސް އާއި ދިވެހިރާއްޖެއާ ދެމެދު ދެމެހެއްޓިނިވި ގޮތެއްގައި ގުޅުން ބަދަހިކުރުމުގެ މުހިއްމު ކަމާ ގުޅޭގޮތުންވެސް މަޝްވަރާކުރައްވާފަ އެވެ.





More from Avas.mv