ޗިކުންގުންޔާ ފެތުރޭތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

Sat, 27 Apr 2024 12:58 PM

View on this article on Avas.mv

ޗިކުންގުންޔާ ފެތުރޭތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

ޗިކުންގުންޔާ ފެތުރޭ މިންވަރު އިތުރުވެފައިވާތީ ސަމާލުވުމަށް އިލްތިމާސް ކުރައްވައިފި އެވެ.

ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވީ ޗިކުންގުންޔާ ޖެހިގެން މާލެ ސަރަހައްދުން މިމަހު އެކަނިވެސް 59 ކޭސް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ކުރިއަށް އޮތީ ރާއްޖެއަށް ވިއްސާރަ ކުރާނެ މޫސުން ކަމަށްވާތީ ޗިކުންގުންޏާ ފަތުރާ މަދިރި އުފެދޭ މިންވަރު އިތުރުވާނެތީ މަދިރި އާލާވާ ތަންތަން ނައްތާލަންޖެހޭ ކަމަށެވެ.

ޗިކުންގުންޏާ ފެތުރެނީ އީޑީސް މަދިރި ހަފާތާ 3-7 ދުވަސް ތެރޭގައި ހުން އައުމަށްފަހު އެވެ.

ޗިކުންގުންޏާ ޖެހުމުން ހުޅުތަކުގައި ރިއްސުމާ އެކު ހުޅުތައް ދުޅަވެ ގިނަ ދުވަސްތަކަަކަށް އެކަމުގެ އުނދަގޫތައް ކުރިމަތިވެ އެވެ.

ހެލްތު ޕްރޮޓެކްޝަންސް އެޖެންސީ (އެޗްޕީއޭ) އިން ބުނާ ގޮތުގައި ޗިކުންގުންޏާގެ އުދަނގޫ އެންމެ ބޮޑަށް ކުރަނީ މާބަނޑު މީހާގެ ބަނޑުގައިވާ ދަރިފުޅަށާއި ތުއްތު ކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި ތަފާތު އެކި ބަލިތައް ތަހައްމަލް ކުރަމުންދާ މީހުންނަށެވެ.





More from Avas.mv