އުރީދޫ ބައިވެރިވާ "އުފާ ފެސްޓިވަލް" މާދަމާ ފަށަނީ

Thu, 09 May 2024 08:31 PM

View on this article on Avas.mv

އުރީދޫ ބައިވެރިވާ "އުފާ ފެސްޓިވަލް" މާދަމާ ފަށަނީ

އުރީދޫ މޯލްޑިވްސް އާއި ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީ އަދި އެޗްޑީސީ ގުޅިގެން ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ދެ ދުވަހަށް ދެމިގެންދާ ފެސްޓިވަލެއް މާދަމާ ފެށުމަށް ނިންމައިފި އެވެ.

ކުޑަކުދިން ދުވަހާ ގުޅުވައިގެން "އުފާ ފެސްޓިވަލް" ނަމުގައި މި ފެސްޓިވަލް ކުރިއަށްދާނީ މާދަމާ އަދި ކުރިއަށް އޮތް ހޮނިހިރު ދުވަހު ހުޅުމާލެ ސެންޓްރަލް ޕާކުގައި ހަވީރު 4:00 އިން އިރުއޮއްސި 6:00 އަދި ރޭގަނޑު 8:00 އިން 10:00 އަށެވެ.

ކުޑަކުދިންގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމުގެ މަގުސަދުގައި ބާއްވާ މި ފެސްޓިވަލަކީ އާއިލާއާއެކު ވަގުތު ހޭދަކޮށްލާ މަޖާ ކުރެވޭގޮތަށް ރާވާފައިވާ ފެސްޓިވަލެކެވެ.

މި ފެސްޓިވަލުގައި މުނިފޫހިފިލުވުގެ ގިނަ ހަރަކާތްތަކަކާއި އެކި ގޭމުތަކާއި ކުޅިވަރު ހިމެނޭ ގިނަ ސްޓޯލްތަކެއް ހިމެނެ އެވެ.

އުފާ ފެސްޓިވަލުގައި އެންމެ ހާއްސަ އެއް ކަމެއްގެ ގޮތުގައި ފާހަގަކުރަނީ އުރީދޫގެ ފަރާތުން ބާއްވާ ފެންކުޅި އަދި ފޯމް ޕާޓީ އެވެ. އަމިއްލަ ފެންބަޑި ހިފައިގެން އައިސް 11 ވަނަ ދުވަހު ހަވީރު 4:00 އާއި އިރުއޮއްސި 6:00އާ ދޭތެރޭ މި މަޖަލުގައި ހުރިހާ ކުދިންނަށްވެސް ބައިވެރިވެވޭނެ ކަމަށް އުރީދޫ މޯލްޑިވްސް އިން މައުލޫމާތުދެ އެވެ.

އުރީދޫގެ ފަރާތުން މި ފެސްޓިވަލުގައި 11 ވަނަ ދުވަހުގެ ރޭ 8:00 ޖަހާއިރު މޫވީ ނައިޓެއް ބޭއްވުމަށްވެސް ހަމަަޖައްސާފައިވެ އެވެ.

މޫވީ ނައިޓުގައި ދެއްކުމަށް ހަމަޖެހިފައިވަނީ "ވުޑީ ވުޑްޕެކަ ގޯޒް ޓު ކޭމްޕް" މި ފިލްމެވެ.

ސެންޓްރަލް ޕާކުގެ ހިތްގައިމު މާހައުލުގައި އާއިލާއާއި ރައްޓެހިންނާ އެކު މި ހަފްތާ ބަންދު ހޭދަކޮށްލުމަށް މިއީ ރަނުގެ ފުރުސަތަކަށް ވާނެ ކަމަށް އުރީދޫ މޯލްޑިވްސް އިން ބުނެ އެވެ.





More from Avas.mv