އެމްޑީޕީން ހަނދާންކޮށްދިނީ ސަރުކާރުގެ ދޮގުތައް

Fri, 19 Apr 2024 08:09 PM

View on this article on Avas.mv

އެމްޑީޕީން ހަނދާންކޮށްދިނީ ސަރުކާރުގެ ދޮގުތައް

ރައްޔިތުންގެ މަޖިލީހުގެ ކެމްޕޭން ނިންމާލުމުގެ ގޮތުން މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން މާލޭގައި ހާއްސަ ޕެރޭޑެއް ބާއްވައިފި އެވެ.

މިއަދު ހަވީރު 4:00 ގައި ސޯޝަލް ސެންޓަރު ކައިރިން ފެށި މި ހިނގާލުމުގައި އެމްޑީޕީގެ ލީޑަޝިޕްގެ އިސް ބޭފުޅުންނާއި އެމްޑީޕީއަށް ތާއީދުކުރާ ގިނަ އަދަދެއްގެ އާންމުން ބައިވެރިވި އެވެ.

އެމްޑީޕީން "މިސްރާބް ހަމަމަގަށް" ނަމުގައި ކުރިއަށް ގެންދިޔަ ކެމްޕޭން ނިންމާލުމަށް ބޭއްވި ޕެރޭޑްގައި ސަރުކާރަށް ނުފުއްދުނު ކަމަށް ބުނާ ވައުދުތަކާއި ސަރުކާރުގެ ދޮގުތައް ކަމަށް ބުނާ މެސެޖުތައް ބޭނުންކޮށްފައިވެ އެވެ.

އެމްޑީޕީން ބުނާ ގޮތުގައި މިސަރުކާރު ވެރިކަމާ ހަވާލުވި ފަހުން ގައުމުގެ ކަންކަން ވަނީ ފާލުން ނެއްޓިފަ އެވެ. އެހެންވެ ގައުމު ހަމަމަގަށް އެޅުވުމަށް އެންމެންގެ ވޯޓު އެ ޕާޓީއަށް ދޭންޖެހޭ ކަމަށްވެސް އެމްޑީޕީން ބުންޏެވެ.

ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި 90 ކެންޑިޑޭޓުން ވާދަކުރެ އެވެ. އަދި ވ. ފެލިދޫ ދާއިރާއަށް އަމިއްލަ ގޮތުން ކުރިމަތިލާފައިވާ ކެންޑިޑޭޓަކަށާއި ފުވައްމުލަކުގެ އުތުރު ދާއިރާއަށް ރައީސް އަބްދުﷲ ޔާމީންގެ ތާއީދާ އެކު އަމިއްލަ ގޮތުން ވާދަކޮށްފައިވާ ކެންޑިޑޭޓަކަށް އެމްޑީޕީން ތާއީދުކޮށްފައިވެ އެވެ.





More from Avas.mv