ފަރުވާ ހޯދަން ހޮސްޕިޓަލް ބަދަލުކުރަން ހޭދަވާ ހަރަދު އާސަންދައިން ދެނީ

Thu, 18 Apr 2024 02:33 PM

View on this article on Avas.mv

ފަރުވާ ހޯދަން ހޮސްޕިޓަލް ބަދަލުކުރަން ހޭދަވާ ހަރަދު އާސަންދައިން ދެނީ

އާސަންދައިގެ ދަށުން ބޭރު ގައުމުތަކުގައި ފަރުވާ ހޯދަމުންދާ މީހުން އިތުރު ފަރުވާ ހޯދުމަށް ހޮސްޕިޓަލް ބަދަލުކުރާ ހާލަތުގައި ބަލި މީހާގެ އަތުން ނަގަމުން ދިޔަ ހަރަދު އާސަންދަ އިން ކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.

އާސަންދަ ކުންފުނިން ބުނީ އާސަންދަ ސްކީމުގައި ރަޖިސްޓާ ކޮށްފައިވާ ބޭރު ގައުމުތަކުގެ ހޮސްޕިޓަލްތަކުގެ ފެންވަރު ވަޒަންކުރާ ނިޒާމެއް މިހާރު ކަނޑައަޅާފައިވާ ކަމަށެވެ.

މިނިޒާމުގެ ދަށުން ބަލިމީހާގެ އަތުން ހަރަދެއް ކުރުމަކާ ނުލައި ހޮސްޕިޓަލް ބަދަލުކުރެވޭނެ އިންތިޒާމު މިހާރު ހަމަޖައްސާފައިވާ ކަމަށެވެ.

އާސަންދައިގެ ދަށުން ބޭރު ގައުމުތަކުގައި ފަރުވާ ހޯދަމުންދާ މީހުން އިތުރު ފަރުވާ ހޯދުމަށް ހޮސްޕިޓަލް ބަދަލުކުރާ ހާލަތުގައި ބަލި މީހާގެ އަތުން ހަރަދުކުރަންޖެހުމަކީ ރާއްޖެއިން ބޭރުން ފަރުވާ ހޯދަމުންދާ މީހުން އަބަދުވެސް ކުރަމުން ދިޔަ ޝަކުވާ އެކެވެ.





More from Avas.mv