މިނިވަންދުވަހުގެ އިޙްސާސް

Fri, 26 Jul 2024 10:35 AM

View on this article on Adhives Online

މިނިވަންދުވަހުގެ އިޙްސާސް

ފައިބެ އަހަރުގެ މި ދުވަހާ ބައްދަލުކުރީ ރޮއި ގިސްލަމުން
އައި މި އަހަރުގެ މިދުވަހަށްކީ މަރުޙަބާ! ހިނިތުންވަމުން



އޭރު އޮތް ބިރުވެރިކަމާ ނާމާންކަމާ ހިތްދަތިކަމާ
ބޭރުކޮށްލީ ޙިކުމަތާއެކު ރޫޙު ގައުމީ ދިރުވަމުން

ގެއްލެމުން ނެތެމުން އެ ދިޔަ ގައުމިއްޔަތާ ޙުއްރިއްޔަތާ
ހެއްލުމެއްގައި ބަނދެވުމެއްނެތި ގެންދަނީ ހޯދައި ދެމުން

ގެންނަމުންދާ މަންޒަރޭ އަމްނާ އަމާނާ ސުލްޙަޔާ
ފެންނަނީ މާ ސާފުކޮށް ވިސްނާ ފިކުރު ހިންގައިލުމުން

އާދަޔާއި ޚިލާފު ވަރުގަދަ ޢަޒުމުގައި ގަދަ ހިތްވަރުން
މާދަމާ މާ ރީތިކޮށް ކުރަހާ ދަނީ ކުލަ ޖައްސަމުން

ޖޯޝުގައި ޙުއްބުލްވަޠަން އިސްކޮށް ނުކުމެގެން ރައްޔިތުން
ހޯދި ނަޞްރާ ކާމިޔާބުގެ އަސަރު މިދަނީ ފެންނަމުން

ދިވެހި ދިދަޔަށް ޙުރުމަތާއެކު ޢިއްޒަތާ ގަދަރާ ދެމުން
ރިވެތިކޮށް މިނިވަން ވަޔާއެކު މިއަދު އެ ދަނީ ވިހުރަމުން



More from Adhives Online