ކޮލަމް މީތިނުކިޔާތި: ރަނގަޅު ފިރިއެއްގެ ގޮތުގައި ދެމިހުންނާނީ ކިހިނެތް؟

Fri, 18 Oct 2024 08:53 AM

View on this article on Adhives Online

ކޮލަމް މީތިނުކިޔާތި: ރަނގަޅު ފިރިއެއްގެ ގޮތުގައި ދެމިހުންނާނީ ކިހިނެތް؟

ޒަވާޖީ ހަޔާތް ކާމިޔާބުކަމާއެކު ކުރިއަށްގެންދަން ދެމަފިރިންގެ ދައުރު ވެސް މުހިންމެވެ. މި ފަހަރު މި ބަލައިލަނީ ފިރިމީހާގެ ހައިސިއްޔަތުން އާއިލާގެ ކަންތައްތައް ފޭލިނުވެ ބަލަހައްޓާނެ އަށް ގޮތަކަށެވެ.



  1. ތިބާގެ އަނބިމީހާއާމެދު ނަފުރަތު އުފެދިދާނެ މައުލޫމާތެއް ތިބާގެ މައިންބަފައިންނާއި އެއްބަނޑުއެއްބަފާ މީހުންނަށް ނުދޭށެވެ.
  2. ކިތައްމެ ކުޑަ ކަމެއްގައި ވިޔަސް ތިބާގެ މައިންބަފައިންނާއި އެއްބަނޑުއެއްބަފާ މީހުން ތިބާގެ އަނބިމީހާއަށް ހަނގާކޮށް އަނިޔާވެރިކަން ދައްކާ ނަމަ އެއީ ފިރިމީހާގެ ގޮތުން ތިބާ ފޭލިވިކަމުގެ ނިޝާނެކެވެ.
  3. ތިބާގެ އަނބިމީހާއަށް ރައްކާތެރިކަން ނުދެވިއްޖެ ނަމަ އެއީ ފިރިމީހާގެ ރޯލުގައި ތިބާގެ ފޭލިވުމެކެވެ.
  4. ދެމަފިރިންގެ ދެމެދުގައި މައްސަލައެއް ޖެހޭ ކޮންމެ ފަހަރަކު ތިޔަ ދެމިފިރިންގެ ގުޅުން ދެމެހެއްޓޭ ހަމައެކަނި ސަބަބަކީ ދަރިން ލިބިފައިވާތީކަމަށް ބުނާ ނަމަ އެއީ ތިބާގެ ފޭލިވުމެކެވެ.
  5. ދަރިން ދެކެ ލޯބިވާކަން އަންގައިދެވޭނީ އެ ކުދިންގެ މަންމަ ކަމަށްވާ ތިބާގެ އަނބިމީހާދެކެ ލޯބިވާކަން ހާމަކޮށްގެންނެވެ.
  6. ތިބާގެ އަނބިމީހާއާމެދު އެހެން މީހުން ފަތުރާ ދޮގުތައް ގަބޫލުކުރުމަކީ ފިރިމީހާގެ ހައިސިއްޔަތުން ތިބާގެ ފޭލިވުމެކެވެ. ތިބާ ގަބޫލުކުރަން ވާނީ ތިބާގެ އަނބިމީހާ ތިބާގެ ގާތުގައި ދައްކާ ތެދު ވާހަކައެވެ.
  7. ތިބާ ތިބާގެ އަނބިމީހާ މާޔޫސްކުރާ ނަމަ އިސާހިތަކު ޝައިތޯނާ ތިޔަ ދެމަފިރިންގެ ދޭތެރެއަށް ވަންނާނެއެވެ.
  8. އަނބިމީހާ ހިތްހަމަޖައްސައިފައި ބަހައްޓައިށެވެ. ސަބަބަކީ ރަނގަޅު އަނތްބަކު މާޔޫސްކޮށްފި ނަމަ ތިބާގެ ހަޔާތް އެފުށްމިފުށަށްޖެހިދާނެއެވެ.

މި އަށް ކަމުން ދޭހަވަނީ ޒަވާޖީ ހަޔާތަކީ ވަކި ސިފަތަކެއް ހުރި ފިރިއަކަށް ކާމިޔާބުކަމާއެކު ކުރިއަށްގެންދެވޭނެ ދިރިއުޅުމެއްކަމެވެ. އެ ގޮތުން ތިބާގެ ޒަވާޖީ ބައިވެރިޔާ ދެކެ ލޯބި ނުވުމާއި އިހުތިރާމް ނުކުރުމާއި އޭނާއަށް ރައްކާތެރިކަން ނުދިނުމާއި އޭނާގެ އަގުނުކުރުމާއި އޭނާއަށް ކަންތައްތައް ނުކޮށްދިނުމާއި އަދި އޭނާއަށް ވަފާތެރި ނުވާ ނަމަ އެންމެ ފުރަތަމައިން ވެސް ތިބާ ކައިވެންޏެއް ކުރަން ހިތަށް އެރީ ކީއްވެތޯ ތިބާގެ އަމިއްލަ ނަފުސާ ސުވާލުކޮށްލައިށެވެ. އެހެނީ ޒަވާޖީ ހަޔާތަކީ މި ފާހަގަކޮށްލި އަށް ޝަރުތުން ތަމްރީންވެފައިވާ މީހަކަށް ނޫނީ ކާމިޔާބު ނުކުރެވޭނެ ދިރިއުޅުމެކެވެ.

ނޯޓު: ތަރުޖަމާއެއް

The post ކޮލަމް މީތިނުކިޔާތި: ރަނގަޅު ފިރިއެއްގެ ގޮތުގައި ދެމިހުންނާނީ ކިހިނެތް؟ first appeared on އަދިވެސް އޮންލައިން.



More from Adhives Online