އެކްސެލް ސްކޫލުގެ ދަސްވެނިވުން މެޑަމް ސާޖިދާ ޝަރަފުވެރިކޮށްދެއްވައިފި

Wed, 24 Apr 2024 03:45 PM

View on this article on Adhives Online

އެކްސެލް ސްކޫލުގެ ދަސްވެނިވުން މެޑަމް ސާޖިދާ ޝަރަފުވެރިކޮށްދެއްވައިފި

އެކްސެލް އިންޓަނޭޝަނަލް ސްކޫލުގެ ދަސްވެނިވުން 2024 ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު މިއަދު ޝަރަފުވެރިކޮށްދެއްވައިފިއެވެ.



އެކްސެލް ސްކޫލުގެ ދަސްވެނިވުން ޖަލްސާގެ ފުރަތަމަ ސެޝަން ޝަރަފުވެރިކޮށްދެއްވައި އެކަމަނާ ވަނީ އެ ސްކޫލުން މިއަހަރު ދަސްވެނިވި ދަރިވަރުންގެ ތެރެއިން 109 ދަރިވަރަކަށް ޓްރޮފީ ހަވާލުކޮށްދެއްވައިފައެވެ. އަދި އެ ސްކޫލުން ޤުރުއާނުގެ ފުރަތަމަ ދެ ފޮތް އަދި އެއް ފޮތް ހިތުދަސްކުރި ޖުމްލަ 38 ދަރިވަރުންނަށް ވެސް އެކަމަނާ ޓްރޮފީ ހަވާލުކޮށްދެއްވިއެވެ.

އެކްސެލް ސްކޫލުން މިއަހަރު 210 ދަރިވަރުން ދަސްވެނިވެ ސެޓްފިކެޓާއި ޓްރޮފީ ހާޞިލުކުރިއެވެ.

އެކްސެލް އިންޓަރނޭޝަނަލް ސްކޫލް ހުޅުވިތާ މިއަހަރު 13 އަހަރު ފުރޭނެއެވެ. އެ ސްކޫލަކީ 18 މަހުން ފެށިގެން ހަ އަހަރާ ދެމެދުގެ ކުދިންނަށް ކިޔަވައިދެމުން އަންނަ ސްކޫލެކެވެ.

ޖުމްލަ 1006 ކުދިން މިވަގުތު ތަޢުލީމު ޙާޞިލުކުރަމުން އަންނަ އެކްސެލް އިންޓަރނޭޝަނަލް ސްކޫލަކީ އެމެރިކާގެ އިންޓަނޭޝަނަލް ޕްރީސްކޫލް ކަރިކިއުލަމަށް ކިޔަވައިދޭ ރާއްޖޭގައި ހުރި ހަމައެކަނި ސްކޫލެވެ.

 



More from Adhives Online