ބުއްދީގެ ތަރާދުން…

Wed, 17 Apr 2024 03:11 AM

View on this article on Adhives Online

ބުއްދީގެ ތަރާދުން…

ޒަމާން އޮޅުވާ ހަގީގަތްތައް ފިލާނީވެސް ޒަމާނުންނޭ
ކަމާއި ނަމާ ބަދަލުވި ކަމެއް ޅަޖީލަށް ސާފު ނުމެވާނޭ



އަމިއްލަ ފުރާނަޔާ މެދުގައި ސަލާމަތް ތާއަބަދު އެދުނަސް
އަމިއްލަ ތިމާގެ ބުއްދިއަކުން ކަމެއް ހޯދައި ނުގަންނާނޭ

ހުކުންކޮށް ކޮންމެފަރުދަކުވެސް އެމީހަކު ހުރިގޮތެއް ހެޔޮކޮށް
ސުކުން އުބުފިއްޔަކަށް ކިޔުމުގެ ތަފާތާމެދު ނުވިސްނާނޭ

އެމީހަކު ހުރިގޮތެއް މޮޅުކޮށް އެހެން މީހުންގެ ކުށް ދައްކައި
ދެމީހަކު އެއްގަލަށް ކަމަކާ އަރައި އެއްބަސް ނުވެސްވާނޭ

ފެށުނުއިރު އޮތްގޮތަށް ވުރެވެސް ދެކޭގޮތް މޮޅުކަމަށް ހެދުމަށް
ނެށުންތަކުގައި އިތުރުބަނޑިތައް ލަމުން ދައްކައި ދެމުންދާނޭ

ނަސޭހަތް މީހުންނަށް ދޭއިރު ނުވޭ އެގޮތަށް ތަބާ ނާޞިޙު
ފަސޭހައިގައި އުޅަނދު ދުއްވަން ވަޔަށްފަހި ދޯނި ދުއްވާނޭ

ސަލާމަތް ނަފުސު ކުރުމަށް އެދި ސަލާމަތް ބުއްދި ނުމެކޮށް ހުރެ
ފަލާޙު އެދޭ އަޅުން ނިމިގެން ހަލާކުވެ ނަރަކަ ވަންނާނޭ

The post ބުއްދީގެ ތަރާދުން... first appeared on އަދިވެސް އޮންލައިން.



More from Adhives Online