ސަރުކާރު ޒިއްމާދާރު ކުރުވޭނީ ކޮން ބަޔަކަށް؟

Mon, 29 Apr 2024 04:27 AM

View on this article on Adhives Online

ސަރުކާރު ޒިއްމާދާރު ކުރުވޭނީ ކޮން ބަޔަކަށް؟

މިއަދު ސަރުކާރު ޒިއްމާދާރު ކުރުވޭނީ މިފަދަ ބަޔަކަށް،
ވެދިއަ ސަރުކާރުގައި ގައުމަށް އަމާނާތްތެރި ވެވުނު ބަޔަކަށް



އެތައް ބިލިޔަނުގެ ދަރަނިނަގައި، އެތައް ބިލިޔަނުގެ ނޫޓުޖަހައި
އެތައް ބިލިޔަން ރިޒާވް އެކީ، ނަގައި ހުސްކޮށްނުލާ ބަޔަކަށް

މިޤައުމުގެ ބޮޑެތި ކޮރަޕްޝަނާ، އެތައް ގިނަ ބަޔަކު ކުރި ވައްކަން
މިކަންކަން "ފަސްއަޅައިފޮރުވާ" ޚިޔާނާތްތެރިނުވާ ބަޔަކަށް

ދައުރު ފަސް އަހަރު ނިމިދިޔައިރު އަބުރުވެރި ޢިއްޒަތެއް އޮވެފާ
ޤައުމު މޯގޭޖުކޮށް އެކި ބައިބަޔަށް، ވިއްކާނުލާ ބަޔަކަށް

މިތާ ސަރުކާރު ކުންފުނިތައް ދަރައިގެން ބޯހިކެންނެތް ވަރު،
ތިމާމެންނާ ސަޕޯޓަރުންނަށް ބަހައި ހުސްކޮށްނުލާ ބަޔަކަށް

ދިވެހި ދައުލަތުގެ މުދަލާ، އަދި، ޢިމާރާތާ، ކަނޑާއި، ބިމާ،
ދިވެހި މިލްކުން ކަނޑައި، އެޑްވާންސަކަށް ދޫކޮށްނުލާ ބަޔަކަށް

"ކޮވިޑު" ޙާލަތުތެރޭގައި ދުނިޔެއިން ދިންހާ އެހީ ޤައުމަށް،
ކޮވިޑު ޙާލަތުތެރޭ "ޖީބަށް އަޅައި" ހުސްކޮށްނުލާ ބަޔަކަށް

މިޤައުމުގެ ވެންޓިލޭޓަރު ބޮޑު ޚިޔާނާތާ، ކޮރަޕްޝަނުގާ،
މިގައުމަށް ލިބުނު ބޮޑުގެއްލުން، ބަދަލު ހޯދައިދެވުނު ބަޔަކަށް

މިތާ ގޮތް ނޭނގި ހިނގިހާ މަރުތަކާ، އަދި ޤަތުލުޢާއްމު ތަކާ،
ކިތާބީ ހެކި ލިބެން ހުރިއިރު، ޢަދުލު ހޯދައިދެވުނު ބަޔަކަށް

ހިނގާ ސަރުކާރުގާ އަދު ރައްޔިތުންނަށް ޙައްޤު ނުލިބެންޏާ،
"ބުނާ ތި ޖަވާބުދާރީ ކުރުވުމަށް" އުޅެވޭނި ކޮން ބަޔަކަށް

The post ސަރުކާރު ޒިއްމާދާރު ކުރުވޭނީ ކޮން ބަޔަކަށް؟ first appeared on އަދިވެސް އޮންލައިން.



More from Adhives Online