ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސާއި ނައިބު ރައީސްކަމުގެ މަޤާމަށް ބޭފުޅުން ޢައްޔަންކުރައްވައިފި

Tue, 16 Apr 2024 12:51 AM

View on this article on Adhives Online

ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސާއި ނައިބު ރައީސްކަމުގެ މަޤާމަށް ބޭފުޅުން ޢައްޔަންކުރައްވައިފި

ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސާއި ނައިބު ރައީސްކަމުގެ މަޤާމަށާއި މެމްބަރުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުޢިއްޒު ބޭފުޅުން ޢައްޔަންކުރައްވައިފިއެވެ. މިބޭފުޅުން މަޤާމަށް ޢައްޔަން ކުރެއްވީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.



މި ރަސްމިއްޔާތުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމަށާއި ރައީސްކަމުގެ މަޤާމަށް އައްޔަންކުރެއްވީ ޏ. ފުވައްމުލައް، ދަޑިމަގު، ގްލޯރީގެ އަލްއުސްތާޛު އިސްޙާޤު ޙުސައިނެވެ. އަދި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމަށާއި ނައިބު ރައީސްކަމަށް، އައްޔަންކުރައްވާފައި ވަނީ ޅ. ހިންނަވަރު، ހިޔާވަހި، އަލްއުސްތާޛާ ފާޠިމަތު މަހީރާ މުޙައްމަދެވެ.

މީގެ އިތުރުން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމަށް، ހުޅުމާލެ ހިޔާ 04-21-8 އަލްއުސްތާޛާ ޝަހީމާ ސަލީމާއި ގއ. ގެމަނަފުށި، ފެހިކުރި އަލްއުސްތާޛާ އިޝާރާ ޢަބްދުލްޢަޒީޒު އަދި ދަފްތަރު ނަންބަރު ދރ 265 އަލްއުސްތާޛާ ސައުސަން ޢަލީ ވަނީ އައްޔަންކުރައްވާފައެވެ.

ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމުގެ ހުވައިލައިދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަލީ ރަޝީދު ޙުސައިނެވެ.

 

The post ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސާއި ނައިބު ރައީސްކަމުގެ މަޤާމަށް ބޭފުޅުން ޢައްޔަންކުރައްވައިފި first appeared on އަދިވެސް އޮންލައިން.



More from Adhives Online