އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ޒަކަރިއްޔާ ޢައްޔަންކުރައްވައިފި

Mon, 15 Apr 2024 02:47 PM

View on this article on Adhives Online

އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ޒަކަރިއްޔާ ޢައްޔަންކުރައްވައިފި

އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް މ. މުލައް، މުސްތަރީގެ، ޙަސަން ޒަކަރިއްޔާ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ޢައްޔަން ކުރައްވައިފިއެވެ. ޒަކަރިއްޔާ މިހާތަނަށް ހުންނެވީ އިލެކްޝަންސް ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައެވެ.



އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ޢައްޔަން ކުރެއްވިކަމުގެ ލިޔުން، ޙަސަން ޒަކަރިއްޔާއާ ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރެއްވީ، އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި ލިޔުން ހަވާލު ކުރެއްވުމުގެ ކުރިން، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަލީ ރަޝީދު ޙުސައިންގެ ކުރިފުޅުމަތީގައި، ޙަސަން ޒަކަރިއްޔާ، އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ ހުވައި ކުރައްވައި، ހުވައިގެ އިޤުރާރުގައި ސޮއިކުރެއްވިއެވެ.

The post އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ޒަކަރިއްޔާ ޢައްޔަންކުރައްވައިފި first appeared on އަދިވެސް އޮންލައިން.



More from Adhives Online