ހުޅުމާލޭގައި ދެ މިސްކިތް އިމާރާތް ކުރަން ބިން ހަވާލުކޮށްފި

Mon, 15 Apr 2024 04:53 PM

View on this article on Adhives Online

ހުޅުމާލޭގައި ދެ މިސްކިތް އިމާރާތް ކުރަން ބިން ހަވާލުކޮށްފި

ހުޅުމާލޭގައި ދެ މިސްކިތް ބިނާކުރުމަށް ބޭނުންވާ ބިން އެޗް.ޑީ.ސީން، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާ މިއަދު ހަވާލުކޮށްފި އެވެ.



ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި މިސްކިތަކާއި، ތިން ވަނަ ފިޔަވަހީގައި މިސްކިތެއް ބިނާކުރުމަށް ބިން ހަވާލުކުރުމުގެ އެއްބަސްވުމުގައި އެޗް.ޑީ.ސީން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދެވެ. އިސްލާމިކް މިނިސްޓްރީގެ ފަރާތުން، މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ.

މިސްކިތް ބިނާކުރުމަށް ހުޅުމާލޭ ދެ ވަނަ ފިޔަވަހިން ދޫކޮށްފައިވަނީ 27،920 އަކަފޫޓުގެ ބިމެކެވެ. އަދި ތިން ވަނަ ފިޔަވަހިން، 21،952 އަކަފޫޓުގެ ބިމެކެވެ.

"ހުޅުމާލޭގައި ދިރިއުޅޭ އާބާދީއަށް ބޭނުންވާ ހިދުމަތްތަކާއި ވަސީލަތްތައް ފުރިހަމަކޮށްދިނުމަށް މި ކޯޕަރޭޝަނުން އަބަދުވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ." އެޗް.ޑީ.ސީން ބުންޏެވެ.

 

The post ހުޅުމާލޭގައި ދެ މިސްކިތް އިމާރާތް ކުރަން ބިން ހަވާލުކޮށްފި first appeared on އަދިވެސް އޮންލައިން.



More from Adhives Online