ހުޅުމާލޭގައި އިސްރަށްވެހިންގެ ނާދީ ތަރައްގީކުރުމަށް ފަހުމުނާމާގައި ސޮއިކޮށްފި

Thu, 28 Mar 2024 08:46 PM

View on this article on Adhives Online

ހުޅުމާލޭގައި އިސްރަށްވެހިންގެ ނާދީ ތަރައްގީކުރުމަށް ފަހުމުނާމާގައި ސޮއިކޮށްފި

ހުޅުމާލޭގައި "އިސްރަށްވެހިންގެ ނާދީ" ތަރައްގީ ކުރުމަށް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާ އާއި އެޗް.ޑީ.ސީއާ ދެމެދު ފަހުމުނާމާގައި މިއަދު ސޮއިކޮށްފިއެވެ.



ހިޔާ ޓަވަރު އަށެއްގައި މި ނާދީ ތަރައްގީކުރުމުގެ ފަހުމުނާމާގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދެވެ. އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. ޢާއިޝަތު ޝިހާމެވެ.

އެޗް.ޑީ.ސީން ބުނީ ހުޅުމާލޭގެ އިސްރަށްވެހިންގެ އިޖްތިމާއީ ދުޅަހެއުކަން އިތުރުކުރުމުގެ މަގްސަދުގައި ތަރައްގީކުރާ ނާދީގެ ފަހުމުނާމާގައި މިއަދު ސޮއިކުރި އިރު، އެ ނާދީ ތަރައްގީކުރުމުގެ މަސައްކަތް އެ ކުންފުނީގެ ސީއެސްއާރުގެ ދަށުން ދުރާލައި ފަށައި 90 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ.

މި ނާދީގައި އިސްރަށްވެހިންގެ އިޖްތިމާއީ ދުޅަހެއުކަން އިތުރުކުރުމަށް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ރާވައިފައިވާ ކަމަށް އެޗްޑީސީން ބުނެއެވެ. އަދި އިސްރަށްވެހިންގެ ސިއްހީ ބޭނުންތަކާ ގުޅޭގޮތުން މައުލޫމާތު ފޯރުކޮށްދީ ހޭލުންތެރި ކުރުމުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެޗް.ޑީ.ސީން ބުނެއެވެ. މި ނާދީ ހިންގުމުގެ ކަންކަން ބަލަހައްޓާނީ އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާ އިންނެވެ.

 

The post ހުޅުމާލޭގައި އިސްރަށްވެހިންގެ ނާދީ ތަރައްގީކުރުމަށް ފަހުމުނާމާގައި ސޮއިކޮށްފި first appeared on އަދިވެސް އޮންލައިން.



More from Adhives Online