އަޤްޞާ މިސްކިތް ފަޅިކޮށް ބެހުމަށް އިސްރާއީލުން ރާވަނީ

Thu, 08 Jun 2023 11:41 AM

View on this article on Adhives Online

އަޤްޞާ މިސްކިތް ފަޅިކޮށް ބެހުމަށް އިސްރާއީލުން ރާވަނީ

އަޤްޞާ މިސްކިތް ފަޅިކޮށް ބެހުމާ ބެހޭ ބިލެއް އިސްރާއީލުގައި ވެރިކަން ކުރާ ލީކޯޑް ޕާޓީގެ ބަރްލަމާނީ މެންބަރަކު ތައްޔާރުކުރަމުން ދާތީ ފަލަސްޠީނު ސަރުކާރުން އެ ކަން ކުށްވެރިކޮށްފިއެވެ. 

އިސްރާއީލުގެ ދުވަހު ނޫހެއް ކަމުގައިވާ ޓައިމްސް އޮފް އިޒްރޭލް ބުނާގޮތުގައި މި ބިލް ބުނާގޮތުގައި ފަލަސްޠީނު މީހުން މި މިސްކިތަށް ވަނުން ޤައިދުކުރެވޭނެއެވެ. އަދި މި މިސްކިތުގައި ތިބުން މަނާކުރެވޭނެއެވެ. އެހެނަސް އިސްރާއީލީންނަށް ބޭނުން ވަގުތެއްގައި ބޭނުން ދޮރުކޮޅަކުން އެ މިސްކިތަށް ވަދެވޭނެއެވެ.

ފަލަސްޠީނުގެ ޚާރިޖިއްޔާ ބުނާގޮތުގައި މިއީ ފަލަސްޠީނު މީހުންގެ ކެތްތެރިކަން އިމްތިޙާން ކުރުމަށް އަރުވާ ބެލޫނިތަކެކެވެ. މި ބަޔާން ބުނިގޮތުގައި އަޤްޞާ މިސްކިތް ޔަހޫދީ ކުރުމަށް އިސްރާއިލުން ދަނީ އެތައް ޢަމަލުތަކެއް ހިންގަމުންނެވެ. މި ބިލުގެ ވަގުތާ ޔަހޫދީންގެ ހައްދުފަހަނަޅައިފައިވާ ޖަމާޢަތްތަކުގެ ޖެއްސުންކުރުމުގެ ޢަމަލުތަކާ އެއްވަގުތަކާ ދިމާވުމަކީ އިއްތިފާޤެއްނޫނެވެ. 

ފަލސްޠީނުން ބުނިގޮތުގައި މިއީ ޤުދުސް ޔަހޫދީކުރުމަށާއި އެ ސަހަރުގައި ހުރި އިސްލާމީ އަދި މަސީޙީ މުޤައްދަސާތުތައް ޞިހްޔޫނީ ކުރުމަށާއި ތާރީޚީ ސިޔާސީ އަދި ޤާނޫނީ ޙާލަތު ބަދަލުކުރުމަށް ކުރާ މަސައްކަތެކެވެ.

ފަލަސްޠީނުން އިންޒާރުކުރި ގޮތުގައި އަޤްޞާ މިސްކިތުގެ ޙުރްމަތަށް އަރައިގަތުމަކީ އަރާރުމުގެ މައިދާން ފުޅައުވެ ހުޅުފަޅައިގެން ހިނގައިދާނެ ކަމެކެވެ. 

ފަލަސްޠީނުގެ ބަޔާނުގައި ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކަށް ޚާއްޞަކޮށް ޔުނެސްކޯ ފަދަ އދގެ ޖަމްޢިއްޔާތަކަށް އިސްރާއީލުގެ މި ރޭވުންތަކާމެދު ސަމާސާ ކަނޑައިގެން މުޢާމަލާތު ކުރުމަށް ގޮވައިލައިފާ ވެއެވެ.

ޓައިމްސް އޮފް އިޒްރޭލް ބުނާގޮތުގައި އިސްރާއީލުގެ ބަރްލަމާނުގެ ލީކޯޑް މެންބަރެއްކަމުގައިވާ ޢާމީތު ހެލެފީ އަޤްޞާ މިސްކިތް ބައިކުރުމާ ބެހޭ ބިލެއް ތައްޔާރުކުރަމުން އެބަދެއެވެ. މި ބިލުގެ ދެލިކޮޕީ ބުނާގޮތުގައި އަޤްޞާ މިސްކިތުގެ ޤުއްބާއި އުތުރު ފަރާތް އޮންނާނީ ޔަހޫދީންނަށެވެ. މުސްލިމުންނަށް ލިބޭނީ އެ މިސްކިތުގެ ދެކުނު ފަޅިއެވެ. އޭނާ މި ބިލުގައި އަޤްޞާގައި އެއް ވަގުތެއްގައި މުސްލިމުންނަށާއި ޔަހޫދީންނަށް އަޅުކަން ކުރެވޭނެ މަގު ތަނަވަސްކޮށްދިނުމަށް ވެސް ހުށައަޅައިފައި ވެއެވެ.

The post އަޤްޞާ މިސްކިތް ފަޅިކޮށް ބެހުމަށް އިސްރާއީލުން ރާވަނީ first appeared on އަދިވެސް އޮންލައިން.



More from Adhives Online