ގަބުރު ފެނުނީ ފިހާރައިގެ ކޫލަރުގެ ބިއްދޮށުން 10 އަހަރު ފަހުން

Fri, 26 Jul 2024 04:53 PM

View on this article on Adhives Online

ގަބުރު ފެނުނީ ފިހާރައިގެ ކޫލަރުގެ ބިއްދޮށުން 10 އަހަރު ފަހުން

ލެރީ މުރިލޯ-މޮންކަޑާ ގެއްލުނީ 2009 ގައެވެ. ގާތްގަނޑަކަށް 10 އަހަރު ފަހުން އޭނާގެ ހަށިގަނޑު މިހާރު ވަނީ ފެނިފައެވެ. އޭނާ މަސައްކަތްކުރި ފިހާރައިގެ ކޫލަރުގެ ބިތްދޮށުންނެވެ.



އެމެރިކާގެ އަޔޯވާ ސްޓޭޓަށް އުފަން ލެރީ ގެއްލުނީ އޭނާގެ އުމުރުން 25 އަހަރުގައެވެ.

ސުޕަމާކެޓްގައި މަސައްކަތްކުރަމުންދިޔަ ލެރީ ގެއްލުނުކަމަށް ރިޕޯޓްކުރި އޭނާގެ އާއިލާއިން ބުނީ އޭނާ ގެއިން ފިލީ ކަމަށެވެ. އެއީ ނުތަނަވަސްކަމެއް ދިމާވެގެން ކަމަށްވެއެވެ.

"ބުއްދިހަމަނުޖެހޭ ގޮތަކަށް އޭނާ އުޅުނީ. ފަހަރެއްގައި އޭނާ ބޭނުންކުރި ބޭސްތަކަކުން ވީ ކަމެއްކަމަށް އެކަށީގެންވޭ،" ލެރީގެ މަންމަ ބުންޏެވެ.

ސަލާމަތީ އެތައް އިދާރާތަކުން ގުޅިގެންކުރި މަސައްކަތުން ވެސް ލެރީ ވަނީ ނުފެނިފައެވެ.

ލެރީގެ ހަށިގަނޑު ފެނިފައިވަނީ 2019 ގެ ޖަނަވަރީ މަހު މަސައްކަތު މީހުންތަކެއް "ނޯ ފްރިލްސް" ނަމަކަށް ކިޔާ ސުޕަމާކެޓްގެ ތެރޭގައި ހުރި މުދާ ބަހައްޓާ ހަރުގަނޑުތަކެއް ނަގަނިކޮށެވެ. އެ މީހުންނަށް ފެނުނީ އެ ތަނުގެ ކޫލަރާއި ފާރާ ދެމެދު ތާށިވެފައިވާ ގަބުރެކެވެ. އެ ފާރާއި ކޫލަރާ ދެމެދުގައިވަނީ 18 އިންޗީގެ ހުސް ޖާގައެކެވެ. ލެރީ އެތަނުގައި ތާށިވީ ކޫލަރު މައްޗަށް އަރައިގެން އުޅެނިކޮށް އެ ހުސް ޖާގަ ތެރެއަށް ވެއްޓުމުން ކަމަށް ބެލެވެއެވެ. އަދި ސަލާމަތް ވާން އޭނާ ލެވި ހަޅޭކުގެ އަޑު އެހެން ހިސާބަކަށް ނުފޯރީ ކޫލަރުގެ ކޮމްޕްރެސަރުގެ އަޑުގަދަކަމުން ކަމަށް ބެލެވެއެވެ.

ހަށިގަނޑަކީ ލެރީގެ ގަބުރުކަން ކަށަވަރުވީ އޭނާގެ މައިންބަފައިންގެ ޑީ.އެން.އޭ ތަހުލީލުކުރުމުންނާއި ގެއިން ފިލިއިރު އޭނާ ލައިގެން ހުރި ހެދުމުންނެވެ.

ލެރީގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމްއެއް ހެދުމުން އެނގުނީ އޭނާއަށް އެއްވެސް ކަހަލަ ޒަހަމެއް ލިބިފައިނުވާ ކަމެވެ.



More from Adhives Online