ބިދޭސީންގެ ފީގެ ގޮތުގައި އެއް ބިލިއަން ރުފިޔާ ހޯދައިފި

Tue, 22 Oct 2024 03:34 PM

View on this article on adduLive

ބިދޭސީންގެ ފީގެ ގޮތުގައި އެއް ބިލިއަން ރުފިޔާ ހޯދައިފި

ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނާއި ގުޅިގެން ދައްކަންޖެހޭ ފީ އާއި ޖޫރިމާނާގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން އެއް ބިލިއަން ރުފިޔާ ހޯދައިފި އެވެ.



ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނާއި ގުޅިގެން ދައްކަންޖެހޭ ފީ އާއި ޖޫރިމާނާ އަށް ދައުލަތަށް ނުދައްކާ ހުރި 1.7 ބިލިއަން ރުފިޔާގެ ތެރެއިން އެއް ބިލިއަން ރުފިޔާ މިހާތަނަށް ދައުލަތަށް ހޯދާފައިވާ ކަމަށެވެ. އަދިވެސް ނުލިބި 730 މިލިއަން ރުފިޔާ އެބައޮތް ކަމަށް އިހުސާން ވިދާޅުވި އެވެ.

ބިދޭސީންގެ ފީތައް ނުދައްކައިގެން 1،026 ކުންފުންޏެއްގެ ނަން ދާދި ފަހުން އާންމުކުރި އެވެ. އޭ ތެރެއިން 123 ކުންފުންޏަކުން ދައުލަތަށް ދައްކަން ޖެހޭ އަދަދު އެއް މިލިއަނަށް ވުރެ ގިނައިރު ބައެއް ކުންފުނިތަކުން ދައްކަން ޖެހޭ ފައިސާގެ އަދަދު އުޅެނީ 26 މިލިއަނަށް ވުރެ މަތީގަ އެވެ.

ލިސްޓު އާއްމުކުރުމުން 20 އަށް ވުރެ ގިނަ ކުންފުންޏަކުން ފައިސާ ދައްކާފައިވެ އެވެ.

ބިދޭސީންނާ ގުޅޭ އެއްވެސް ޖޫރިމަނާއެއް މިހާތަނަށް ނުދައްކާ 7،501 ފަރާތްތަކަށް އެކްސްޕެޓް ސިސްޓަމަށް ނުވަދެވޭ ގޮތަށް ވަނީ ބްލޮކްކޮށްފަ އެވެ.

ރާއްޖޭގައި ބިދޭސީންނަށް ވަޒީފާ ދީގެން ގެންގުޅޭ މީހުންނާއި ކުންފުނިތަކުގެ އަދަދު 50000 އަށްވުރެ މައްޗަށް އަރަ އެވެ. އޭގެ ތެރެއިން 90 އިންސައްތަ ނުވަތަ 45000 އަށްވުރެ ގިނަ ބަޔަކު ޤަވާއިދުން ފީ ނުދައްކާ ކަމަށް ހޯމް މިނިސްޓްރީން ބުނެ އެވެ.

The post ބިދޭސީންގެ ފީގެ ގޮތުގައި އެއް ބިލިއަން ރުފިޔާ ހޯދައިފި appeared first on adduLIVE.



More from adduLive