އަލިފުށީ ކަނޑުތޮށި ކައިރި އަށް މަސް ހިފަން މޫދަށް ފޭބި ޒުވާނަކު ނިޔާވެއްޖެ އެވެ.
ނިޔާވެފައިވަނީ އުމުރުން 24 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ފުލުހުން ބުނީ އަލިފުށީ ކަނޑުތޮށި ކައިރިއަށް މަސް ހިފަން މޫދަށް ފޭބި ތިން މީހުންގެ ތެރެއިން އެކަކު މައްޗަށް ނާރާ އަޑީގައި އޮތް ކަމަށް މިއަދު މެންދުރު 12:08 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެމީހާގެ ހަށިގަނޑު މޫދުން ނަގައިގެން އަލިފުށީ ހެލްތު ސެންޓަރަށް މިހާރު ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
މި ހާދިސާ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
The post މަސް ހިފަން މޫދަށް ފޭބި ޒުވާނަކު ނިޔާވެއްޖެ appeared first on adduLIVE.