ރައީސް މުއިއްޒު އެމެރިކާ އަށް ވަޑައިގެންފި

Sat, 21 Sep 2024 07:39 PM

View on this article on adduLive

ރައީސް މުއިއްޒު އެމެރިކާ އަށް ވަޑައިގެންފި

އ.ދ ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށްޓަކައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެމެރިކާގެ ނިއުޔޯކަށް ވަޑައިގެންފި އެވެ.



ރައީސް މުއިއްޒަށް ނިއުޔޯކުގެ ޖޯންއެފް ކެނެޑީ އެއާޕޯޓުން މަރުހަބާ ދެންނެވީ ރާއްޖެއިން އދ. އަށް ކަނޑައަޅުއްވައިފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު މުޙައްމަދެވެ.

މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ރާއްޖޭގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވަ އެވެ.

ރައީސް އޮފީހުން ބުނިގޮތުގައި އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ރައީސް ތަޤުރީރުކުރައްވާނީ އަންގާރަ ދުވަހު އެވެ.

މި ދަތުރުފުޅުގައި ސަމިޓް އޮފް ދަ ފިއުޗަރގައި ބައިވެރިވެވަޑައިގަންނަވައި، މުހިއްމު މަޝްވަރާތަކުގެ ރިޔާސަތު ބެލެހެއްޓެވުމުގެ އިތުރުން ހަވާސާގައި ކުރިއަށްދާ ހަރަކާތްތަކުގައިވެސް ރައީސް ބައިވެރިވެވަޑައިގަންނަވާނެ އެވެ. އަދި އެކި ދައުލަތްތަކާއި ޤައުމުތަކުގެ އިސް ވެރިންނާ ބައްދަލުކުރައްވައި ބައިލެޓަރަލް އަދި މަލްޓިލެޓަރަލް މަޝްވަރާތައް ކުރިއަށްގެންދަވާނެ އެވެ.

މިއީ ރައީސް މުޢިއްޒު އދގެ އާންމު މަޖިލީހުގައި ބައިވެރިވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.

The post ރައީސް މުއިއްޒު އެމެރިކާ އަށް ވަޑައިގެންފި appeared first on adduLIVE.



More from adduLive