އެކްޓަރު ޕްރަވީން އެކްސިޑެންޓްވެ އައިސީޔޫގައި

Sat, 21 Sep 2024 05:38 PM

View on this article on adduLive

އެކްޓަރު ޕްރަވީން އެކްސިޑެންޓްވެ އައިސީޔޫގައި

އިންޑިއާގެ އެކްޓަރު ޕްރަވިން ދަބާސް އެކްސިޑެންޓްވެ އައިސީޔޫގައި ފަރުވާން ދޭން ފަށައިފި އެވެ.



މީޑިއާތަކުން ބުނީ "މޮހައްބަތޭ" ފަދަ ފިލްމުތަކުން ފެނިފައިވާ ބަތަލާ ޕްރިތީ ޖަންގިއާނީގެ ފިރިމީހާ އެކްސިޑެންޓްވީ މިއަދު ހެނދުނު ކަމަށާއި އޭނަ އަށް ފަރުވާ ދެމުން އަންނަނީ މުމްބާއީގެ ބަންޑްރާގެ ހޮލީ ފެމިލީ ހޮސްޕިޓަލްގައި ކަމަށެވެ. ޕްރަވިން އެކްސިޑެންޓްވީ އޭނަ ދުއްވި ކާރު އެހެން ވެހިކަލެއްގައި ޖެހިގެން ކަމަށް މީޑިއާތަކުން ބުންޏެވެ.

ނަމަވެސް އޭނަ އަށް ލިބުނު އަނިޔާގެ ތަފުސީލެއް ހާމަކޮށްފައެއް ނުވެ އެެވެ.

"މޮންސޫން ވެޑިން" އާއި "މައި ނޭމް އިޒް ޚާން" އާއި "ހޯސްލާ ކާ ގޯސްލާ" އަދި "ރާގިނީ އެމްއެމްއެސް 2" ފަދަ ފިލްމުތައް ކުޅެފައިވާ ޕްރަވިން، 50، ގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ ޖޫން މަހު ރިލީޒްކުރި "ޝަރުމާޖީ ކީ ބޭޓީ" އެވެ.

އިންޑިއާގެ ރެސްލިން ލީގެއް ކަމަށްވާ "ޕްރޯ ޕަންޖާ ލީގް" ގެ އެއް ބާނީގެ ގޮތުގައި ފާހަގަކޮށްލެވޭ ޕްރަވިން އާއި ޕްރިތީ ކައިވެނިކުރީ 2008 ގަ އެވެ. އެ ކައިވެންޏަށް ދެ ކުދިން ލިބިފައިވެ އެވެ.

The post އެކްޓަރު ޕްރަވީން އެކްސިޑެންޓްވެ އައިސީޔޫގައި appeared first on adduLIVE.



More from adduLive