ލަންކާގެ ރިޔާސީ އިންތިޚާބުގެ ވޯޓުލުން ނިންމާލައިފި

Sat, 21 Sep 2024 04:47 PM

View on this article on adduLive

ސްރީލަންކާގެ ރިޔާސީ އިންތިހާބުގެ ވޯޓުލުން ނިންމާލައިފި އެވެ.



ލަންކާ ގަޑިން ހަވީރު ހަތަރެއް ޖެހިއިރު ވޯޓު ފޮށިތައް ބަންދުކޮށްފައިވާއިރު، އެންމެ ފުރަތަމަ ގުނަން ފަށާނީ ޕޯސްޓަލް ވޯޓުތަކެވެ. އަދި ލަންކާގައި ބެހެއްޓި ވޯޓު ފޮށިތައް ގުނަން ފެށުމަށް ހަމަޖެހިފައިވަނީ އެގައުމު ގަޑިން ހަވީރު 6 ޖަހާއިރު ކަމަށްވާއިރު، ވޯޓު ގުނަން ފަށާތާ ދެ ތިން ގަޑިއިރުތެރޭ ނަތީޖާ އާންމު ކުރާނެ ކަމަށް އެގައުމުގެ އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.

މި އިންތިހާބުގައި ވޯޓްލާން 17 މިލިއަނަށް ވުރެ ގިނަ މީހުން ރަޖިސްޓްރީކޮށްފައިވާ އިރު، ވޯޓްލާން 13،134 ޕޯލިން ސްޓޭޝަން ގާއިމުކޮށްފައިވެ އެވެ.

ސްރީ ލަންކާގެ މިފަހަރުގެ ރިޔާސީ އިންތިޚާބުގައި 39 ކެންޑިޑޭޓުން ވާދަކޮށްފައިވެ އެވެ. މިއީ ލަންކާގެ ތާރީހުގައި މިހާ ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރި ފުރަތަމަ އިންތިހާބެވެ.

މީޑިއާތަކުން ބުނެފައިވާ ގޮތުގައި މި އިންތިހާބުގައި ވާދަވެރިކަން އެންމެ ބޮޑީ ތިން ކެންޑިޑޭޓެއްގެ މެދުގަ އެވެ. އެއީ ލަންކާގެ މިހާރުގެ ރައީސް ރަނިލް ސިކްރަމްސިންހަ އާއި ސަމާގީ ޖަނާ ބަޓަވެގަޔާ (އެސްޖޭބީ) ގެ ކެންޑިޑޭޓް ސަޖިތު ޕްރަމަސާދާގެ އިތުރުން ޖަނާތާ ވިމުކްތީ ޕެރަމޫނާ (ޖޭވީޕީ) ގެ ކެންޑިޑޭޓް އަރޫނާ ކުމާރަ ޑިސަނަޔަކަ އެވެ.

The post ލަންކާގެ ރިޔާސީ އިންތިޚާބުގެ ވޯޓުލުން ނިންމާލައިފި appeared first on adduLIVE.



More from adduLive