ސާޓާގައި އީކްއޭޓަ ވިލެޖް އެވޯޑްތަކެއް ދިފާއުކޮށްފި

Sat, 21 Sep 2024 10:20 AM

View on this article on adduLive

ސާޓާގައި އީކްއޭޓަ ވިލެޖް އެވޯޑްތަކެއް ދިފާއުކޮށްފި

އައްޑޫ ގަމުގައި ހިންގަމުން އަންނަ އީކްއޭޓަ ވިލެޖުން، ސައުތު އޭޝިއަން ޓްރެވެލް އެވޯޑްސް (ސާޓާ) ގައި ކުރިން ވެސް ހޯދާފައިވާ ދެ އެވޯޑެއް އަލުން ދިފާއުކޮށްފި އެވެ.



މި އަހަރުގެ ސާޓާގައި އެތަނުން ހޯދި ދެ އެވޯޑަކީ ލީޑިން އެއާޕޯޓް ހޮޓެލް އެވޯޑާއި ލީޑިން ހެރިޓޭޖް ހޮޓެލް އެވޯޑެވެ. ސާޓާގައި މި ކެޓަގަރީން މިދިޔަ އަހަރާއި 2022 ގައި ވެސް އީކްއޭޓަ ވިލެޖުން އެވޯޑް ހޯދި އެވެ.

އެތަނުގެ މި ކާމިޔާބީއާ ގުޅިގެން އައްޑޫ ސިޓީ ކައުންސިލުން ވެސް މަރުހަބާ ކިޔާފައިވެ އެވެ.

ރޭ ނޭޕާލްގައި ބޭއްވި ސާޓާގައި އީކްއޭޓަ ވިލެޖަށް ލިބުނު އެވޯޑްތަކާ ހަވާލުވެވަޑައިގެންނެވީ ޖެނެރަލް މެނޭޖަރު މުހައްމަދު ވަހީދެވެ. އޭނަގެ ލީޑަޝިޕްގެ ދަށުން އީކްއޭޓަ ވިލެޖުން މި ފަހުން އަންނަނީ ބޮޑެތި ކާމިޔާބީތަކެއް ހޯދަމުންނެވެ. އެގޮތުން ދާދި ފަހުން ބޭއްވި ވޯލްޑް ޓްރެވެލް އެވޯޑްސްގައި އީކްއޭޓަ ވިލެޖަށް އިންޑިއަން އޯޝަން ލީޑިން އެއާޕޯޓް ހޮޓެލްގެ އެވޯޑް ވެސް ލިބިފައިވެ އެވެ.

ކައިމޫން ހިންގަމުން އަންނަ އީކްއޭޓަ ވިލެޖަކީ އައްޑޫގެ އެންމެ ދުވަސްވީ ޓޫރިސްޓް ފެލިސިޓީ އެވެ.

ސާޓާ އަކީ ދެކުނު އޭޝިޔާ ސަރަޙައްދުގައި ޓޫރިޒަމް ދާއިރާގެ ދޭ އެންމެ ޝަރަފުވެރި އެއް އެވޯޑެވެ. މި އަހަރު ބޭއްވީ އޭގެ 8 ވަނަ އެޑިޝަނެވެ. ހައިރައިޒުން އިންތިޒާމުކުރާ ސާޓާ 2017 ގައި އީކްއޭޓަ ވިލެޖްގައި ބޭއްވި އެވެ.

The post ސާޓާގައި އީކްއޭޓަ ވިލެޖް އެވޯޑްތަކެއް ދިފާއުކޮށްފި appeared first on adduLIVE.



More from adduLive