އަޖޭގެ ފިލްމަކު ނޫން، ވަރޫންގެ ފިލްމުގައި ސަލްމާން

Sat, 21 Sep 2024 09:42 AM

View on this article on adduLive

އަޖޭގެ ފިލްމަކު ނޫން، ވަރޫންގެ ފިލްމުގައި ސަލްމާން

ނޮވެމްބަރުގައި ރިލީޒްކުރަން ހަމަޖެހިފައިވާ އަޖޭ ދޭވަންގަންގެ ފިލްމު "ސިންގަމް އެގެއިން" ގެ ހާއްސަ ފެނިލުމަކުން ސަލްމާން ޚާން ނުފެންނާނެ ކަމަށާއި އެކަމަކު ޑިސެމްބަރުގައި ގެނެސްދޭން ހަމަޖެހިފައިވާ ވަރޫން ދަވަންގެ "ބޭބީ ޖޯން" ގައި އޭނަގެ ހާއްސަ ފެނިލުމެއް ހިމެނޭނެ ބުނެފި އެވެ.



ރޯހިތު ޝެޓީ ޑައިރެކްޓްކޮށް ގެނެސްދޭ "ސިންގަމް އެގެއިން" ގެ ޓީމާ ހަވާލާދީ މަޝްހޫރު ފިލްމު ކްރިޓިކް ތަރަން އަދާޝް ބުނީ "ދަބަންގް" ފްރެންޗައިޒްގައި ސަލްމާން ކުޅޭ ފުލުސް ކެރެކްޓާ ޗުލްބުލް ޕާންޑޭ، އަޖޭގެ ފިލްމުން ފެންނާނެ ކަމަށް ބުނާ ވާހަކައިގައި އެއްވެސް ހަގީގަތެއް ނެތް ކަމަށެވެ.

އެހެންވެ އެ ފިލްމުގައި ސަލްމާން ހިއްސާނުވާ ކަމަށް ބުންޏެވެ.

ނަމަވެސް ޑިސެމްބަރު 25 އަށް ތާވަލުކޮށްފައި އޮތް ވަރޫންގެ އެކްޝަން ތުރިލާ "ބޭބީ ޖޯން" ގެ ވަރަށް ހާއްސަ ފެނިލުމެއްގައި ސަލްމާން ހިމެނޭނެކަން ތަރަން ކަށަވަރުކޮށް ދީފައިވެ އެވެ.

މި ފިލްމަކީ މިދިޔަ އަހަރު ޝާހްރުކް ޚާންގެ "ޖަވާން" ގެނެސްދިން ޑައިރެކްޓަރު އެޓްލީ އާއި މުރާދު ކެތާނީ ޕްރޮޑިއުސްކޮށް، ކާލީސް ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.

އެޓްލީގެ ފިލްމެއްގައި ސަލްލާން ހިއްސާވެފައިވާ އިރު، އޭނަ ދެން ޑައިރެކްޓްކުރާ ފިލްމުގެ ލީޑް ބަތަލަކީ ސަލްމާން ކަމަށް މީޑިއާތަކުން ދާދި ފަހުން ރިޕޯޓްކޮށްފައިވެ އެވެ.

ސަލްމާން މިހާރު އަންނަނީ ޑައިރެކްޓަރު އޭއާރް މުރްގަދޯސްގެ "ސިކަންދަރު" ގެ މަސައްކަތް ކުރަމުންނެވެ. އޭނަ އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ އަހަރުގެ "ޓައިގާ 3" އިންނެވެ.

The post އަޖޭގެ ފިލްމަކު ނޫން، ވަރޫންގެ ފިލްމުގައި ސަލްމާން appeared first on adduLIVE.



More from adduLive