އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓް ހަދަން މަޝްވަރާކޮށްފި

Sat, 21 Sep 2024 09:17 AM

View on this article on adduLive

އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓް ހަދަން މަޝްވަރާކޮށްފި

އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓް ހަދަން މި ސަރުކާރުން ވެސް މަޝްވަރާތަކެއްކޮށްފި އެވެ.



މިކަމާ ގުޅޭ ގޮތުން ސަރުކާރުން އަދި ރަސްމީކޮށް އެއްވެސް އެއްޗެއް ހާމަނުކުރި ނަމަވެސް އައްޑޫގައި އިންޑިއާ ކޮންސިއުލޭޓެއް ގާއިމުކުރާތީ އެ ގައުމުގެ އިތުރު ސްޓޭޓެއްގައި ދިވެހި ކޮންސިއުލޭޓެއް ގާއިމުކުރުމުގެ ފުރުސަތު ދޭން ސަރުކާރުން އޮތީ ތައްޔާރަށެވެ.

އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ދިވެހި ހައިކޮމިޝަން ގާއިމުކޮށްފައިވާ އިރު، ޓްރިވެންޑްރަމްގައި ދިވެހި ކޮންސިއުލޭޓެއް ވެސް ހުރެ އެވެ.

ރާއްޖޭގެ އެންމެ ދެކުނުގެ ސިޓީ ކަމަށްވާ އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމު ކުރުމުގެ ވިސްނުން ގެންގުޅޭ ކަމަށް އިންޑިއާ ހާމަކޮށްފައި ވަނީ 2021 ގެ މެެއި މަހުގެ ތެރޭގަ އެވެ. އަދ އެކަމާ ގުޅިގެން އޭރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކެބިނެޓުން އެކަން ފާސް ވެސް ކުރި އެވެ.

އެކަމާ ގުޅިގެން އޭރު ކޮޅުގައި އޮތް އަދި މިހާރު ވެރިކަން ކުރާ ކޯލިޝަން ޕީއެންސީ/ޕީޕީއެމުން ކަންބޮޑުވުން ފާޅުކުރި އެވެ. އަދި "ސޭވް އައްޑޫ" ގެ ނަމުގައި އޭރު ކެމްޕޭނެއް ވެސް ހިންގާފައިވެ އެވެ. އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމު ކުރަން ކުރިން ނިންމުމުން ފާޑު ވިދާޅުވި ބޭފުޅުންގެ ތެރޭގައި މިހާރުގެ ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ހިމެނިވަޑައިގަނެވެ އެވެ.

ނަމަވެސް މި ސަރުކާރުން ވެސް އެކަން ކުރަން މިހާރު މަޝްވަރާތަކެއްކޮށްފައިވާ އިރު، ރައީސް ޑރ. މުހައްމަދު ވަރަށް އަވަހަށް އިންޑިއާ އަށް ވަޑައިގަންނަވަން ވެސް ހަމަޖެހިފައިވެ އެވެ.

The post އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓް ހަދަން މަޝްވަރާކޮށްފި appeared first on adduLIVE.



More from adduLive