ސްޓެލްކޯގެ ހައްޖާއި އުމްރާ ދަތުރު ލިބުނު މުވައްޒަފުން ހޮވައިފި

Fri, 29 Mar 2024 01:37 PM

View on this article on adduLive

ސްޓެލްކޯގެ ހައްޖާއި އުމްރާ ދަތުރު ލިބުނު މުވައްޒަފުން ހޮވައިފި

ސްޓެލްކޯ އިން މި އަހަރުގެ ހައްޖާއި އުމްރާގެ އަޅުކަން އަދާ ކުރަން ދިއުމުގެ ފުރުސަތު ލިބޭ މުވައްޒަފުން ހޮވައިފި އެވެ.



ސްޓެލްކޯ އިން ބުނީ ކުރިން އަމަލު ކުރަމުން އައި އުސޫލަށް ބަދަލުގެނެސް ކުންފުނީގެ ފަރާތުން ޙައްޖު އަދި ޢުމްރާގެ އަޅުކަން އަދާކުރަން ދިއުމުގެ ފުރުޞަތު ލިބޭ މުވައްޒަފުންގެ އަދަދު އިތުރުކޮށް، މި އަހަރު އެ ފުރުޞަތު ލިބޭ މުވައްޒަފުން ގުރުއަތުން ހޮވާފައިވާ ކަމަށެވެ.

އެގޮތުން ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށާއި ޢުމްރާގެ އަޅުކަން އަދާކުރުމަށް ކުންފުނީގެ މުވައްޒަފުންގެ ނިސްބަތަށް ބަލައި ކޮންމެ ބަޔަކަށްވެސް ދެ ފިރިހެން މުވައްޒަފުންނާއި އެއް އަންހެން މުވައްޒަފަކު ހޮވާފައިވާ ކަމަށް ސްޓެލްކޯ އިން ބުނެ އެވެ.

ސްޓެލްކޯއިން ދެމުންގެންދާ ހައްޖުގެ އަޅުކަމުގެ ފުރުސަތު ދެނީ ކުންފުންޏަށް 15 އަހަރު ހިދުމަތް ކޮށްދީފައިވާ މުވައްޒަފުންގެ ތެރެއިން އެކަމަށް ކުރިމަތިލާ މުވައްޒަފުންނަށެވެ. އަދި އުމްރާގެ އަޅުކަމުގެ ފުރުސަތު ދެނީ ކުންފުންޏަށް ފަސް އަހަރު ހިދުމަތް ކޮށްދީފައިވާ މުވައްޒަފުންގެ ތެރެއިން އެކަމަށް ކުރިމަތިލާ މުވައްޒަފުންނަށެވެ.

The post ސްޓެލްކޯގެ ހައްޖާއި އުމްރާ ދަތުރު ލިބުނު މުވައްޒަފުން ހޮވައިފި appeared first on adduLIVE.



More from adduLive