މާފުށީ "އަންހެނުންގެ އުފާ" 30 އަހަރަށް ކުއްޔަށް

Mon, 29 Apr 2024 01:08 PM

View on this article on adduLive

މާފުށީ "އަންހެނުންގެ އުފާ" 30 އަހަރަށް ކުއްޔަށް

ކ. މާފުށީގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީ އަށް "އަންހެނުންގެ އުފާ" ގެ ނަމުގައި ރަޖިސްޓްރީކޮށް ދީފައި އޮތް ބިން ގެސްޓްއުސް ހިންގަން ދޫކުރަން ނިންމައި، އެ ބިމަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.



މާފުށީ ކައުންސިލުން ބުނީ 4،600 އަކަފޫޓްގެ ބިން ކުއްޔަށް ދޭން ނިންމާފައި ވަނީ 30 އަހަރަށް ކަމަށެވެ. އެހެންވެ އެ ބިމުގައި ގެސްޓްހައުސްއެއް ތަރައްގީކޮށް ހިންގަން ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 30 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.

މި ބީލަމުގެ ބިޑް ޑޮކިއުމަންޓް މިއަދުން ފެށިގެން އަންނަ މަހުގެ 16 އާ އަށް ކައުންސިލް އިދާރާ އިން ވިއްކާނެ އެވެ. ބިޑް ޑޮކިއުމަންޓްގެ އަގަކީ 15،000ރ. އެވެ. މިކަމާ ބެހޭ އިތުރު މައުލޫމާތު މާފުށީ ކައުންސިލްގެ މި ނަމްބަރު 6640073 އިން ހޯދޭނެ އެވެ

މާފުއްޓަކީ ރާއްޖޭގައި އެންމެ ފުޅާކޮށް ގެސްޓްހައުސް ވިޔަފާރި ހިންގަމުން އަންނަ ރަށެވެ.

The post މާފުށީ "އަންހެނުންގެ އުފާ" 30 އަހަރަށް ކުއްޔަށް appeared first on adduLIVE.



More from adduLive