ޗައިނާ އިިން 10 ލޮރީ ހަދިޔާކޮށްފި

Fri, 29 Mar 2024 10:57 AM

View on this article on adduLive

ޗައިނާ އިިން 10 ލޮރީ ހަދިޔާކޮށްފި

ޗައިނާ ސަރުކާރުން ރާއްޖެ އަށް 10 ޕިކަޕް ހަދިޔާކޮށްފި އެވެ.



ޗައިނާގެ ޝަންޑަންގް ޕްރޮވިންސްއިން ހަދިޔާކުރި މި ވެހިކަލްތައް ސަރުކާރާ ހަވާލުކޮށްފައި ވަނީ އިއްޔެ ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފަ ހުންނަވާ ސަފީރު ވަންގް ލީޒިންގެވެ. ސަރުކާރުގެ ފަރާތުން މި ވެހިކަލްތަކާ ހަވާލުވެ ވަޑައިގަތީ ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފެވެ.

ސަފީރު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ މި ވެހިކަލްތަކުން، މާލެ އާއި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުނި އުފުލުމަށާއި އެހެނިހެން އާންމު މަސައްކަތްތައް ކުރުމަށް ވަރަށް ބޮޑު އެހީއަކަށް ވާނެ ކަމަށެވެ. އަދި ރާއްޖެ އަކީ ސާފުތާހިރު ރީތި ތަނެއް ގޮތުގައި ބޭއްވުމަށް އެހީތެރިވެދޭނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.

ޗައިނާ އިން މި ފަހުން އަންނަނީ ރާއްޖެ އަށް ތަފާތު އެކި އެހީތައް ފޯރުކޮށް ދެމުންނެވެ.

The post ޗައިނާ އިިން 10 ލޮރީ ހަދިޔާކޮށްފި appeared first on adduLIVE.



More from adduLive